ޕެން ފޯ ރައިޓްސް - ދިވެހިރާއްޖެ
އެޓަރނީ ޖެނެރަލްގެ އޮފީހުން ރާއްޖެ ޓީވީއަށް ލިޔުމުން ދެއްވާ ޖަވާބަކުން، ފޮއްޅަވައި ނުވަތަ ޗާގޯސްގެ މައްސަލައަށް ފަރުވާއެއް ނުލިބޭނެއެވެ. ނަމަވެސް އެ ޖަވާބުން މި މައްސަލާގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގައި ހުރި، ސާފުނުވާ މުހިންމު ކަންތައްތަކެއް އަލުން ފާހަގަވެގެން ގޮސްފިއެވެ. ރާއްޖެ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފޮއްޅަވައިގެ މައްސަލައިގައި ބައިނަލްއަގުވާމީ މާހިރުން އައްޔަނުކޮށް، އެ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން ދާ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ. އެ އޮފީހުން ހާމަކުރި ގޮތުގައި، މި މަޝްވަރާތަކަށްފަހު މައްސަލައިގައި ކުރިއަށްދާނެ ތާވަލެއް ސާފުވާނެ ކަމަށާއި، އޭގެ ފަހުން ބައިނަލްއަގުވާމީ ކޯޓަކަށް މައްސަލަ ހުށަހެޅުމަށް މަސައްކަތް ކުރާނެއެވެ. ނަމަވެސް، އެއީ ކޮން ކޯޓެއްކަމެއް އެ އޮފީހަކުން ހާމައެއް ނުކުރެއެވެ.
މިކަން ހާމަނުކުރުމަކީ ފެންނަ ފެނުމަށްވުރެ މާ ބޮޑު މައްސލައެކެވެ. ސަބަބަކީ، ފޮއްޅަވައިގެ މައްސަލައިގައި ސަރުކާރުން މިހާރުވެސް ހަރުދަނާ ނިންމުމެއް ނިންމަވާފައި ވާތީއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެ ރަށްތަކުގެ މައްޗަށް އެންމެ ސައްހަ ދައުވާއެއް ކުރެވެން އޮތީ ދިވެހިރާއްޖެއަށް ކަމަށް ވިދާޅުވުމެވެ. އަދި އިނގިރޭސިވިލާތުން އެ ތަނުގެ އިދާރީ ހިންގުން ނުވަތަ ސިޔާދަތީ ބާރު، އެހެން ފަރާތަކާ ހަވާލުކުރާނަމަ، ޙަވާލުކުރުން އެންމެ ޙައްޤުކަން ބޮޑީ ދިވެހިރާއްޖެއާ ކަމަށް އާންމުކޮށް ވިދާޅުވުމެވެ. ރައީސް ވަނީ ތާރީޚީ ހެކިތަކަށް، ހާއްސަކޮށް ސޯޅަވަނަ ގަރުނުގެ ސުލްޠާން ޙަސަން ނުވަވަނައިގެ ސިޓީ ފުޅުގައިވާ އެ ރަސްގެފާނުގެ ރަސްލަގަބަށް ރިއާޔަތްކުރައްވައި، ރާއްޖެއާއި ފޮއްޅަވައިގެ ތާރީޚީ ގުޅުން ސާބިތު ކޮށްދެއްވާފައެވެ.
އެހެންނަމަވެސް، އޭޖީ އޮފީހުން ރާއްޖެ ޓީވީއަށް ލިޔުމުން ފޮނުއްވި ޖަވާބުން، އެންމެ މުހިއްމު އަސާސީ ސުވާލަކަށް ޖަވާބެއް ނުލިބެއެވެ. ސަރުކާރުން ބައިނަލްއަގުވާމީ ކޯޓަކަށް ހުށަހަޅަން ތައްޔާރުވަނީ ކޮން މައްސަލައެއް ހެއްޔެވެ؟ އެއީ 2023 ވަނަ އަހަރު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމާ ގުޅިގެން ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމަށް ކުރާ މަސައްކަތެއް ހެއްޔެވެ؟ ނުވަތަ އެއީ ފޮއްޅަވައިގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަން ސާބިތުކުރުމަށް ކުރާ މަސައްކަތެއް ހެއްޔެވެ؟
މިއީ އެއް މައްސަލައެއް ސިފަކޮށްދޭ ދެ ގޮތެއް ނޫނެވެ. މިއީ މުޅިން ތަފާތު ދެ ދައުވާއެކެވެ. މިއިން ކޮންމެ ކަމަކަށް ބޭނުންވަނީ ތަފާތު ގާނޫނީ ސުވާލުތަކާއި އިސްތިރާތީޖީތަކެވެ. ސަރުކާރުން މި ދެކަންތައް ވަކި ނުކޮށްފިނަމަ، ދިވެހި ރައްޔިތުންނަށް އެންމެ މުހިއްމުވާ ފޮއްޅަވައިގެ ސިޔާދަތީ މައްސަލަ، ނިމިފައިވާ ކަނޑުގެ އިމާ ބެހޭ މައްސަލައެއް އިސްތިއުނާފް ކުރަން ކުރާ މަސައްކަތުގެ ތެރޭގައި އޮބިގެންދިއުމުގެ ބިރު އެބައޮތެވެ.
އިޓްލޮސްގެ ހުކުމް އާންމު އުސޫލުން އިސްތިއުނާފެއް ނުކުރެވޭނެ
ފުރަތަމަ ކަމަކީ ގާނޫނީ ގޮތުން މިކަން އޮތްގޮތް ސާފުކުރުމެވެ. 28 އޭޕްރީލް 2023 ގައި އިޓްލޮސްގެ ސްޕެޝަލް ޗެމްބަރުން ވަނީ މޮރިޝަސްއާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ ބޯޑަރުގެ މައްސަލައިގައި ހުކުމް އިއްވާފައެވެ. އެ މައްސަލައަކީ ދެ ގައުމަށް ފުށުއަރާ ކަނޑުގެ ސަރަހައްދު ބައިކުރުމާ ގުޅޭގޮތުން ހުށަހެޅުނު މައްސަލައެކެވެ.
ސަރުކާރުން މިހާރު ވާހަކަދައްކަނީ އެ ހުކުމް ދިރާސާކުރުމާއި، ކަނޑުގެ ސަރަހައްދު ހޯދުމަށް ގާނޫނީ ފިޔަވަޅު އެޅުމާ ބެހޭގޮތުންނެވެ. ނަމަވެސް މި މައުޟޫއުގައި އިސްތިއުނާފް ނުވަތަ "ރިވިއު" ކުރުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ އިޓްލޮސްގެ ގަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން، އެ ކޯޓުގެ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުންތަކެވެ. އަދި އާއްމު އުސޫލުން އެއީ އިސްތިއުނާފު ކުރެވޭނެ ނިންމުންތަކެއް ނޫންކަން އެ ކޯޓުން ސާފުކޮށް ބުނެފައިވެއެވެ. އެހެންކަމުން، އާ ސަރުކާރަކަށް އެ ނިންމުން ގޯސްކަމަށް ފެނިގެން، އެ މައްސަލަ އިސްތިއުނާފު ކުރެވޭނެ އެހެން ކޯޓެއް ނެތެވެ.
ނަމަވެސް "ރިވިޝަން" ނުވަތަ މައްސަލަ އަލުން ބެލުމުގެ އިޖުރާއަތެއް އޮވެއެވެ. އެކަމަކު އެއީ ހުކުމުގެ މައުޟޫއީ ކަންކަމުގެ މައްޗަށް ކުރާ އިސްތިއުނާފެއް ނޫނެވެ. އެ ކޯޓުގެ ގަވާއިދުގެ 127 ވަނަ މާއްދާގެ ދަށުން މައްސަލަ އަލުން ބެލޭނީ، ހުކުމް ކުރި އިރު ކޯޓަށާއި މައްސަލަ ހުށަހެޅި ފަރާތަށްވެސް ނޭނގޭ، މައްސަލައިގެ ނިންމުމަށް ބޮޑު ބަދަލެއް އަތުވެދާނެ ފަދަ އާ ހަގީގަތެއް ފެނިއްޖެ ނަމަ އެކަންޏެވެ. މިއީ ވަރަށް ހަނި ފުރުސަތެކެވެ. ކުރީގެ ސަރުކާރުން މައްސަލަ ކުރިއަށް ގެންދިޔަ ގޮތާ މެދު އާ ސަރުކާރުން ހިތްހަމަނުޖެހުމަކީ "އާ ހަގީގަތެއް" ފެނުމެއް ނޫނެވެ.
އެހެންކަމުން، މައްސަލަ އަލުން ބެލުމުގެ ޝަރުތުތައް ފުރިހަމަވާ ކަމަށް އޭޖީ ގަބޫލުކުރައްވާ ނަމަ، އެއީ ކޮން އާ ހަގީގަތެއްކަން ހާމަކުރަންޖެހެއެވެ. "ރިވިއު" ކުރުމުގެ ބަދަލުގައި ރައްޔިތުންނަށް މިއަށްވުރެ ސާފު ތަފްސީލެއް ބޭނުންވެއެވެ.
އެންމެ މުހިންމު ސުވާލަކީ ސިޔާދަތީ ބާރު
ފޮއްޅަވައިގެ މައްސަލައިގައި ރައީސް މުޢިއްޒު ކުރެއްވި އިއުލާނާއެކު މި މައްސަލައިގެ ސިފަ މުޅިން ބަދަލުވެއްޖެއެވެ. މިއީ މިހާރު ހަމައެކަނި އިގްތިސާދީ ސަރަހައްދުގެ ބޯޑަރު ކުރަހާނެ ގޮތެއްގެ ބަހުސެއް ނޫނެވެ. މިއީ ބިމުގެ މިލްކުވެރިކަމާ ގުޅޭ ދައުވާއެކެވެ. ފޮއްޅަވައިގެ މައްޗަށް ކުރާ ސިޔާދަތީ ދަޢުވާއެކެވެ.
މާރިޗު 2024 ގައި ރައީސް އޮފީހުން ހާމަކުރި ގޮތުގައި، ފޮއްޅަވައިގެ މައްޗަށް "އެންމެ ސައްހަ ދައުވާއެއް" އޮތީ ރާއްޖެއަށެވެ. މީގެ މާނައަކީ، ކަނޑުގެ ސަރަހައްދުގެ ކުރިން އަންނަންޖެހޭ ސުވާލަކީ އެ ބިމުގެ މިލްކުވެރިކަމުގެ ސުވާލެވެ. 2023 ގައި އިޓްލޮސްއިން ބެލީ ބިމުގެ މިލްކުވެރިކަމުގެ މައްސަލައެއް ނޫނެވެ. އަދި 2019 ގައި ބައިނަލްއަގުވާމީ ކޯޓުން (އައި.ސީ.ޖޭ) ނެރުނު އިސްތިޝާރީ ލަފާގައިވެސް ފޮއްލަވައިގެ ސިޔާދަތީ ބާރު އޮތީ ކޮން ފަރާތަކަށް ކަން، ނުވަތަ އެ ސަރހައްދުގެ މިލްކުވެރިކަމާ މެދު ގޮތެއް ނިންމާފައެއް ނުވެއެވެ.
އައި.ސީ.ޖޭ އިން 2019 ގައި ނިންމި ގޮތް
2019 ގެ އައި.ސީ.ޖޭ ލަފައަކީ ފޮއްޅަވައިގެ މިލްކުވެރިކަމާ މެދު ހުރިހާ ފަރާތްތަކަކަށް ދިން ނިންމުމެއް ނޫނެވެ. އެ ކޯޓުން ބެލީ 1965 ގައި އިނގިރޭސިން އެ ރަށްތައް މޮރިޝަސްއާ ވަކިކުރުމަކީ ގާނޫނީ ގޮތުން އިސްތިއުމާރު ނިމުމަކަށް ގެނައުން ކަމުގައި ބެލެވޭނެތޯއެވެ. އެ ކޯޓުން ނިންމީ މޮރިޝަސްގެ އިސްތިއުމާރު ނިމުމަކަށް އައީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަވެގެން ނޫން ކަމަށެވެ. އެއީ މޮރިޝަސް މިނިވަންކުރުމުގެ ކުރިން އިދާރީ ގޮތުން ފޮއްޅަވައި ބެލެހެއްޓީ މޮރިޝަސްގައި ތިބެގެން ކަމަށް ވާތީއެވެ. މޮރިޝަސް މިނިވަން ކުރުމުގެ ދެއަހަރު ކުރިން، ފޮއްޅަވައި، ވަކިކޮށް އިނގިރޭސި ސިޔާދަތީ ސަރަޙައްދެއް ކަމަށް ނިންމުމަކީ ބައިނަލް އަޤްވާމީ ޤާނޫނާޢި ޚިލާފު ކަމެއް ކަމުގައެވެ.
ނަމަވެސް މީގެ މާނައަކީ ރާއްޖޭގެ ދައުވާ ބާތިލުވުމެއް ނޫނެވެ. ރާއްޖެއިން ހުށަހަޅަންޖެހޭ ސުވާލަކީ ތަފާތު ސުވާލެކެވެ. އެއީ މޮރިޝަސްގެ ދައުވާ ބިނާވާ އިނގިރޭސި އިސްތިއުމާރުގެ ކުރިން، އެ ރަށްތަކުގެ ހާލަތަކީ ކޮބައިތޯއެވެ؟ މިތަނުން ތާރީޚީ ހެކިތަކުގެ މުހިންމުކަން ފެނެއެވެ.
ޙަސަން ނުވަވަނައިގެ ހެކިތައް ބައިނަލްއަގުވާމީ ފެންވަރުގައި ތަހުގީގުކުރަންޖެހޭ
ސަރުކާރުން ބޭނުންކުރާ ސުލްޠާން ޙަސަން ނުވަވަނަގެ ހެކިތަކަކީ ހަމައެކަނި ތާރީޚީ ރީތި ވާހަކައެއްގެ ގޮތުގައި ބާއްވައިގެން ނުވާނެއެވެ. އެ ލިޔެ ކިޔުންތަކާއި ޗާޓުތަކުން ފޮއްޅަވައިގެ ރަށްތަކަކީ ދިވެހި ރަސްކަލެއްގެ ބާރުގެ ދަށުގައި ހުރި ރަށްތަކެއްކަން ސާފުކޮށް އެނގެން އޮތްނަމަ، އެއީ މޮރިޝަސްގެ ދައުވާ ބިނާވާ އިސްތިއުމާރީ އިންތިޒާމުތަކުގެ އެތައް ގަރުނެއް ކުރީގެ ހެކިތަކެކެވެ.
ނަމަވެސް، މިފަދަ ތާރީޚީ ހެކިތައް ބައިނަލްއަގުވާމީ މައިދާނުގައި ބޭނުންކުރެވޭނީ ވަރަށް ވަރުގަދައަށް އެތަކެތީގެ ސައްހަކަން ކަށަވަރުކޮށްގެންނެވެ. އެ ލިޔުންތަކުގެ އަސްލާއި، ބަސްމަގާއި، އޭރުގެ ޖިއޮގްރަފީގެ ނަންތަކާއި، އަދި އެއީ ސީދާ ފޮއްޅަވައިގެ ރަށްތައްކަން ގާނޫނީ ގޮތުން ސާބިތުކޮށްދޭން ޖެހެއެވެ. ސަރުކާރުން މިކަމުގައި ހަމައެކަނި ތާރީޚީ ހެކި ހުރި ކަމަށް ބުނުމުގެ ބަދަލުގައި، ރާއްޖެއާއި، ޕޯޗުގީޒު، އިނގިރޭސި، ފަރަންސޭސި އަދި އަރަބި އަރުޝީފުތަކުން ހޯދާފައިވާ މައުލޫމާތުތައް ހިމެނޭ ފުރިހަމަ ފައިލެއް އެކުލަވާލައި އާންމުކުރަން ޖެހެއެވެ. އޭގެ ބޭނުމަކީ މިހާރު އޮތް ދައުވާއަކަށް ފެތޭގޮތަށް ތާރީޚު އުފެއްދުމެއް ނޫނެވެ. އޭގެ ބަދަލުގައި، ތާރީޚީ ހަގީގަތަކީ ކޮބައިކަން ދެނެގަނެ، އެ ހަގީގަތުން ރައީސްގެ ދައުވާއަށް ބާރުލިބޭނަމަ އެކަން ބައިނަލްއަގުވާމީ މުޖުތަމައަށް ހުށަހެޅުމެވެ.
1946 ވަނަ އަހަރުގެ ފެންމަތިނުވާ ސުވާލު
މީގެ އިތުރުން ސަމާލުކަން ދޭންޖެހޭ ތާރީޚީ އެހެން މައްސަލައެއް އެބައޮތެވެ. އެއީ އދ. އުފެދިގެން އައިރު، އަމިއްލަ ވެރިކަމެއް ނެތް ސަރަހައްދުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިފައި ނުވުމެވެ. މޮރިޝަސް އދ. ގެ އިސްތިއުމާރު ނިމުމަކަށް ގެނައުމުގެ އޮނިގަނޑު، ނުވަތަ ޑީކޮލޮނައިޒޭޝަންގެ އޮނިގަނޑުގެ ތެރެއަށް ވަދެގެން ދިޔައިރު، ރާއްޖެ އޮތީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައެވެ.
ފޮއްޅަވައިގެ ރަށްތަކަކީ ކުރިން ރާއްޖޭގެ ބައެއް ކަމަށްވެފައި، އިނގިރޭސިންގެ ނުފޫޒުގެ ދަށުގައި އޮތް ދުވަސްވަރު އެ ރަށްތައް ރާއްޖެއާ ވަކިކޮށްފައިވާނަމަ، އެއީ އދ. އިން މޮރިޝަސްގެ މައްސަލަ ބެލިއިރު ސަމާލުކަމަށް އައިސްފައިނުވާ މުހިންމު ކަމަކަށް ވެދާނެއެވެ. މިކަން ދިރާސާކޮށް، ހެކިތަކާއެކު އދ. އަށް ހުށަހަޅަން ޖެހެއެވެ.
އދ. ގެ ތެރެއިން ހިންގެން އޮތް މަގުން ނުހިނގާ ފަސްކުރެވިގެން ނުވާނެ
ސަރުކާރުން މިހާރު މިކަމުގައި ލަސްކުރަމުންދާ ދިއުން ދެނެގަންނަން އުނދަގުލެވެ. ރައީސް މުޢިއްޒު ވަނީ ސިޔާދަތީ ދައުވާ އިއުލާނު ކުރައްވާފައެވެ. އޭޖީ އޮފީހުން ބައިނަލްއަގުވާމީ ކޯޓަކަށް ދާނެ ކަމަށް ބުނާއިރު، އެއީ ކޮން ކޯޓެއްކަމާއި ކޮން އުސޫލަކުން ކުރާ ދައުވާއެއްކަން އަދިވެސް ސާފެއް ނޫނެވެ.
ފޮއްޅަވައިގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަމަށް ސަރުކާރުން ގަބޫލުކުރާނަމަ، ހަމައެކަނި ލަންޑަނަށް ނުވަތަ މޮރިޝަސްއަށް ސިޓީއެއް ފޮނުވުމަކުން ނުފުދެއެވެ. މި މައްސަލަ ބައިނަލްއަގުވާމީ މައްސަލައަކަށް ބަދަލު ކުރަންޖެހެނީ އދ. ގެ އޮނިގަނޑުގެ ތެރެއިންނެވެ. އައި.ސީ.ޖޭ އިން 2019 ގައި ބުނެފައިވާ ގޮތުގައި، މޮރިޝަސްގެ އިސްތިއުމާރު ނިމުމަކަށް ގެނައުމުގެ ކަންކަން ނިންމުމުގެ އިހުތިޔާރު އޮތީ އދ. ގެ ޖެނެރަލް އެސެމްބްލީއަށެވެ.
އެހެންކަމުން، ރާއްޖެއިން ކުރަންޖެހޭ ކަމަކީ މި ހެކިތައް އދ. އަށް ހުށަހަޅައި، ރާއްޖޭގެ ދައުވާއާ މެދު ރަސްމީކޮށް ގޮތެއް ނިންމުމަށް އެދުމެވެ. މީގެ ތެރޭގައި އދ. ގެ ސެކްރެޓަރީ ޖެނެރަލްއާއި މެންބަރު ގައުމުތަކާ މަޝްވަރާކުރުމާއި، ރާއްޖޭގެ މަގާމު ހާމަކޮށްދޭ "ޕޮޒިޝަން ޕޭޕަރެއް" ނެރުން ހިމެނެއެވެ. މީގެ ބޭނުމަކީ 2019 ގައި އައި.ސީ.ޖޭ އިން ނުބަލާ ހުރި ސުވާލުތަކަށް ޖަވާބު ހޯދުމަށް އާ އިސްތިޝާރީ ލަފައަކަށް އެދުމެވެ. މިއީ ސިޔާސީ ގޮތުން ގޮންޖެހުން ބޮޑު ކަމަކަށް ވިޔަސް، މިއީ މި މަސައްކަތް ފަށަން ނުޖެހޭ ސަބަބެއް ނޫނެވެ.
ދެ މައްސަލައިގެ ގުޅުން ސާފުނުވެ، ހިންގަންވީ މަގު ނުފެންނާނެ
ގާނޫނީ ގޮތުން ތަފާތު ދެ ގޮތަކަށް ވަކާލާތު ކުރުމަކީ މައްސަލައެއް ނޫނެވެ. ފުރަތަމަ ކަމަކީ، ފޮއްޅަވައިގެ މިލްކުވެރިކަން އޮތީ ރާއްޖެއަށް ކަމުގައި ދިވެހި ސަރުކަރުން ދަޢުވާކުރެވިދާނެއެވެ. ހަމަ އެއާއި އެކު ދެވަނަ ދައުވާއެއްގެ ގޮތުގައި (އެހެން ނޫން ކަމަށް ނިންމި ކަމުގައިވިޔަސް) ކަނޑުގެ ބޯޑަރު ކަނޑައެޅި ގޮތާ މެދު ރާއްޖޭގެ އިއުތިރާޒުތަކެއް ހުރި ކަމުގެ ދައުވާ ހުށަހެޅިދާނެއެވެ. ނަމަވެސް، ސަރުކާރުން މިކަން ސާފުކޮށް ބުނަންޖެހޭނެއެވެ. ދިވެހި ރައްޔިތުން ގާތުގައެވެ. އެއަށް ވުރެވެސް ބޮޑަށް ބައިނަލް އަޤްވާމީ މުޖުތަމަޢު ނުވަތަ އ.ދ. ގައެވެ.
މިހާރު އާންމުންނަށް އިވެނީ ދެ ވާހަކައެކެވެ. އެކަކު ބުނަނީ ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދާ ވާހަކައެވެ. އަނެކަކު ބުނަނީ ފޮއްޅަވައިގެ މިލްކުވެރިކަމުގެ ވާހަކައެވެ. މި ދެކަންތައް ގާނޫނީ ގޮތުން ގުޅުވާލަން ޖެހެއެވެ. އެހެން ނޫންނަމަ، ކަނޑުގެ ރޮނގެއް ހޯދަން އުޅުމުގެ ތެރޭގައި، އެއަށްވުރެ މާ މުހިންމު ބިމުގެ ސިޔާދަތީ ބާރުގެ މައްސަލަ އަތުން ބީވެގެން ހިނގައިދާނެއެވެ.
ދައުވާއަކީ ކޮބައިކަން ނިންމަވާ
ފޮއްޅަވައިގެ މައްޗަށް ރާއްޖޭގެ ދައުވާއެއް އޮތްކަން ހާމަކޮށް، ތާރީޚީ ހެކިތައް ދެއްކެވުމުން ރައީސް މުޢިއްޒުގެ ސަރުކާރަށް ކްރެޑިޓް ހައްގެވެ. ނަމަވެސް، ދައުވާއެއް އޮތްކަން އިއުލާނުކުރުމާއި، އެ ދައުވާ ކާމިޔާބުކުރަން މަސައްކަތްކުރުމަކީ ތަފާތު ދެ ކަމެކެވެ.
ސަރުކާރުގެ ބޭނުމަކީ ހަމައެކަނި 2023 ގެ ހުކުމުން ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުން ކަމަށްވާނަމަ، އިޓްލޮސްގެ ހުކުމް ތަކަކީ އެންމެ ފަހުގެ ނިންމުން ކަމަށް އެކޯޓުގެ ޤަވާޢިދުގައި ބުނެފައި ވާ އިރު، ދެން އެކަން ކުރެވޭނެ ގާނޫނީ މަގު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހެއެވެ. ނަމަވެސް، ރައީސް ވިދާޅުވި ފަދައިން ބޭނުމަކީ ފޮއްޅަވައިގެ މިލްކުވެރިކަން ހޯދުން ކަމަށްވާނަމަ، މަސައްކަތުގެ މިސްރާބު ކަނޑުގެ ރޮނގުން ބިމުގެ މިލްކުވެރިކަމަށް ބަދަލުކުރަން ޖެހެއެވެ. މިއީ ބުރަ މަސައްކަތެކެވެ. މިއީ ތާރީޚީ އަރުޝީފުތައް ދިރާސާކޮށް، ޙަސަން ނުވަވަނައިގެ ލިޔުންތަކުގެ ސައްހަކަން ސާބިތުކޮށް، އދ. ގައި ރާއްޖޭގެ މައްސަލަ ވަރުގަދައަށް ވަކާލާތު ކުރަންޖެހޭ ކަމެކެވެ.
މޮރިޝަސްއިން އެތައް އަހަރެއް ވަންދެން މަސައްކަތްކޮށްގެން އދ. މެދުވެރިކޮށް އައި.ސީ.ޖޭ އާ ހަމައަށް އެގައުމުގެ މައްސަލަ ގެންދިޔަ ގޮތުން ރާއްޖެއަށް ފިލާވަޅު ލިބިގަނެވިދާނެއެވެ. ރާއްޖެއިން އެއްފަހަރާ ފޮއްޅަވައިގެ މިލްކުވެރިކަމަށް ދައުވާކޮށްފައި، އަނެއްކޮޅުން ހަމައެކަނި ކަނޑުގެ ސަރަހައްދެއްގެ މައްސަލައިގައި އުޅޭ ކަމަށް ދެއްކިގެން ނުވާނެއެވެ. ސަރުކާރުން ކުރިއަށްގެންދަނީ ކޮން މައްސަލައެއްކަން ނިންމަން ޖެހެއެވެ. އެއީ ސިޔާދަތީ ބާރުގެ މައްސަލަ ނަމަ، މާލޭގައި ތިބެގެން ފައިލުތައް ބެލުމުގެ ވަގުތު ފާއިތުވެއްޖެއެވެ. އެ ހެކިތައް ހިފައިގެން ބައިނަލްއަގުވާމީ މައިދާނަށް ނުކުންނަން ޖެހެއެވެ. ކަނޑުގެ ބޯޑަރަކީ ބިމުގެ މިލްކުވެރިކަމަށްފަހު އަންނަ އެއްޗެކެވެ. ރާއްޖެއިން އެ ބިމަށް ދައުވާކުރާނަމަ، ހަމައެކަނި ކަނޑުގެ ސަރަހައްދެއް ހޯދަން އުޅޭ ބައެއްގެ ގޮތުގައި އުޅުން ހުއްޓާލަން ޖެހެއެވެ.