މި ޞަފްޙާގައި ޝާއިޢު ކުރެވޭނީ، ދިވެހިރައްޔިތުން ފޯޅަވަހީގެ މައްސަލައާއި ބެހޭގޮތުން ހޭލުން ތެރިކުރުވުމަށްޓަކައި ޕްރިންޓް މީޑިއާ އާއި، ޓީވީއާއި ރޭޑިއޯ ފަދަ ބްރޯޑްކާސްޓް މީޑިއާ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދޭން ބޭނުންވާ މަޢުލޫމާތުތަކެވެ. މީގެ ތެރޭގައި ޓީވީ ޕްރޮގްރާމް ތަކުގައި ދޭން ބޭނޫންވާ މަޢުލޫމާތާއި، ހާސިލުވާން ބޭނުންވާ މިންވަރު ކަނޑައަޅާފަިވާ ޚުލާސާ މަންހަޖާއި، ޕޯސްޓަރުތަކާއި، ލީފްލެޓް ތައް ހިމެނޭ ފޯލްޑަރުތަކާއި، މިޙަރަކާތުގެ އެކި ކަންކަމާއި ގުޅޭގޮތުން ނެރެވޭ ނޫސް ބަޔާންތައް ހިމެނޭ ފޯލްޑަރުތަކަށް ވަދެވޭނެ ލިންކްތައް ހިމަނާފަވާނެއެވެ. މިއިން ކޮންމެ ފޯލްޑަރެއްގައި ހިމެނޭ ކޮންމެ ފައިލެއްވެސް ޑައުންލޯޑު ކުރެއްވޭނެއެވެ. މިހުރިހާ މެޓީރިއަލް އެއް ރާއްޖޭގެ ހުރިހާ މީޑިއާ ވަސީލަތްތަކަށާއި، ވަކިވަކި ފަރުދުންނަށާއި، ސްކޫލް، ކޮލެޖް ، ޔުނިވާސިޓީ ފަދަ ތަންތަނުގެ ކިޔަވާދެއްވާ ބޭފުޅުންނާއި ދަރިވަރުންނަށްވެސް އެއްވެސް އިތުރު ހުއްދައެއް ހޯދުމަކާއި ނުލާ ބޭނުން ކުރެއްވޭނެއެވެ. ވަގުތުވާ މިންވަރަކުން މިމެޓީރިއަލްތައް މިހާރަށް ވުރެ ފައްކާކުރެވި އަދާ ހަމަކުރެވެމުން ދާނެ ވާހަކަވެސް ދަންނަވަމެވެ.
13 ހަފްތާގެ ޓީވީ ޕްރޮގރާމް ޕްލޭން
ފޯޅަވަހި އިސްތިޢުމާރު ކުރުމުގެ ކުރިއާ ފަހުގެ ތާރީޚް އާއި ބެހޭ ޕްރެޒެންޓޭޝަންތަކާއި ޑޮކިއުމެންޓްތައް
ފޯޅަވަހި ކެމްޕޭން މެޓީރިއަލްސް
ފޯޅަވަހި ނޫސްބަޔާނާއި / ދެންނެވުންތައް