ލީގަލް އެންޑް ޕޮލިޓިކަލް އެނަލިސިސް ޓީމް / ފޯޅަވހީގެ ޙައްޤުގައި ދިވެހީން:
ޚާރިޖީގޮތުން ޤައުމުތަކާއި އެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކޮށް ދެމެހެއްޓުމުގައި، ހަސްހާސް މައްސަލަތަކާއި އެ ނޫން މައްސަލަތައް ވަކިކޮށް ދަނެ ގަންނަން ޖެހެއެވެ. ޚާރިޖީ ސިޔާސަތާއި ޑިޕްލޮމެޓިކް ގުޅުން ދެމެހެއްޓުމުގައިވެސް އުދައްޔަކަށް ކިޔަން ޖެހޭނީ ހަމަ އުދައްޔެކެވެ. އިންޑިއާ އަކީ ސަރަޙައްދުގައި އޮތް އެންމެ ބޮޑު އަދި އެންމެ ބާރު ގަދަ އެއް ޤައުމެވެ. ދިވެހިރާއްޖެއާއި އެންމެ ގާތުގައި އޮތް އަވަށްޓެރި އަދި އެންމެ އެހީތެރި ޤައުމެވެ. އިންޑިއާއަކީ 1961 ގައި އދ. ގެ ޤަރާރު ނަމްބަރު 1654 އިން އދ. ގެ އިސްތިޢުމާރު ނައްތާލާ ކޮމިޓީ، "ކޮމިޓީ އޮފް 24" (ސީ – 24) އުފެއްދީއްސުރެ މިއަދާ ހަމައަށްވެސް އެކޮމިޓީގެ މެމްބަރެކެވެ. އަދި ކޮމިޓީގެ އެންމެ ފުރަތަމަ ދައުރުގެ ރިޔާސަތު ބެލެހެއްޓީވެސް އިންޑިއާއިންނެވެ. 1887 އިން 1965 އަށް ދިވެހިރާއްޖެ އޮތީ އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުގައިކަން އެންމެ ރަނގަޅަށް އެގޭނެ ޤައުމަކީވެސް އިންޑިއާއެވެ.
އެކަމަކު ފެށުނީއްސުރެ އދ. ގެ ސީ -24 ގެ މެމްބަރެއްގެ ގޮތުގައި އިނދެމެ، ސީ – 24 އިން ބަލަހައްޓާ، އިސްތިޢުމާރު ނައްތާލާ ދަފްތަރުގައި ދިވެހިރާއްޖެ ނުހިމަނާ އިނގިރޭސިން ދޫކޮށްލި މައްސަލައަށް އިންޑިއާއިން ވަނީ ލޯމަރާލާފައެވެ. ބައިނަލް އަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް، ޤުދުރަތީ ގޮތުންނާއި، ތާރީޚީ ގޮތުން ދިވެހިރާއްޖޭގެ ބައެއްކަމުގައިވާ ފޯޅަވަހި؛ ސަރަޙައްދުގައިވެސް ނުހިމެނޭ އެހެން ޤައުމަކަށް ހޯދާދޭން އިންޑިއާއިން މަސައްކަތް ކުރަނީ ކީއްވެބާއެވެ؟ މި ހިސާބުން، ފޯޅަވަހި މައްސަލާގައި، އިންޑިއާއިން ދިވެހިރާއްޖޭގެ މަޞްލަޙަތާއި ދެކޮޅަށް މަސައްކަތް ކުރާ ސަބަބު އޮޅުން ފިލުވަން ޖެހެއެވެ. މައުޟޫޢީ ގޮތުން އިންޑިއާ ކަނޑުގެ އިސްތިޢުމާރު ނައްތާލުމުގައި އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދުގެ ޚާރިޖީ ގުޅުން އަލުން ރިކެލިބްރޭޓް ނުވަތަ މުޠާލިއާ ކުރަން ޖެހެއެވެ.
މި ލިޔުމުގައި ބަލައިލާނީ އދ. ގެ ސީ – 24 ގެ މެމްބަރެއްގެ ގޮތުންނާއި، އަދި އެ ކޮމިޓީގެ ފުރަތަމަ ދައުރުގެ ރިޔާސަތުގައި އިނދެ، ދިވެހިރާއްޖެ އިސްތިޢުމާރީ ދަފްތަރުގައި ނުހިމަނާ އިނގިރޭސިން ދޫކޮށްލުމުން އިންޑިއާ އެކަމުގެ މައްޗަށް ލޯ މަރާލި ސަބަބާއި މެދުއެވެ. ޤުދުރަތީ ގޮތުންނާއި، ތާރީޚީ، ސަޤާފީ، އަދި ސިޔާދަތީ ގޮތުން ދިވެހިރާއްޖެ ނުވަތަ ސައުތު އޭޝިއާއަށް ނިޞްބަތްވާ ފޯޅަވަހި، ސަރަހައްދުން ބޭރު 2100 ކިލޯމީޓަރު ދުރުގައި އޮތް އެފްރިކާގެ ބަޔަކަށް ހަދަން އިންޑިއާއިން ބާރު އަޅާ ސަބަބަކީ ކޮބައިތޯއެވެ. އިސްތިޢުމާރު ނައްތާލުމަށް އެކުލަވާލެވިފަވާ ބައިނަލް އަޤްވާމީ ޤާނޫނުތަކާއި، އަސާސްތަކާއި އެންމެހާ އުޞޫލުތަކާ އިންޑިއާގެ ޢަމަލުތަކާ ދިމާނުވަނީ ކިހާ ހިސާބަކުން ކިހާ ވަރަކަށްތޯއެވެ. އަދި އިންޑިއާ ބޭނުންވާ ގޮތަށް ސަރަޙައްދީ ޤައުމުތަކުގެ އެތެރޭގެ ސިޔާސަތުތައް ފިއްތުމަށް ގެންގުޅޭ އޮބިތަކަކީ ކޮބައިތޯއެވެ.
އިންޑިއާއިން ދުނިޔެއަށް ދައްކާ ތަޞައްވުރު
އިންޑިއާ އަކީ 1955 ގައި އިންޑޮނޭޝިއާގެ ބަންޑުންގް ގައި އިސްތިޢުމާރު ނައްތާލުމަށް ބޭއްވުނު އޭޝިއަން-އެފްރިކަން ކޮންފަރެންސްގެ އެއް އާރުކާޓިއެވެ. އެ ދުވަހަށް ފަހު އިންޑިއާއިން އަންނަނީ، އދ. އާއި ބައިނަލް އަޤްވާމީ އެކި އެކި މައިދާންތަކުގައި އިސްތިޢުމާރު ނައްތާލުމުގެ - އޭޝިއާ ސަރަޙައްދުގެ ލީޑަރުކަމުގެ ހުދު ފޮށާ އަންނަމުންނެވެ. ބަންޑުންގް ގައި އިންޑިއާއިން ތެދުވީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އުތުރި އަރާ އެތުރެމުން އައި ޢާލަމީ ނިޒާމުގައި އަލަށް މިނިވަންވި ޤައުމުތަކަށް މަގު ދައްކައިދޭ ލީޑަރުގެ ގޮތުގައެވެ. އިސްތިޢުމާރު ނައްތާލުމުގެ އުޞޫލުތަކާއި މަބްދައުތަކުގެ ބުންޔާދުގައި އިއްވާ ނިދާތަކުގެ އެންމެ ހަރު އަޑުގެ ގޮތުގައެވެ. އިންޑިއާގެ ޑިޕްލޮމެޓުން އދ. ގައި ވާހަކަ ދައްކަން ލިބޭ ކޮންމެ ފަހަރަކު، މި ފޮށާ އަނދެގެން ތިބެ މި ނިދާތައް އިއްވަމުން ދެއެވެ. އެކަމަކު ޚުރާފަތަކީ ޙަޤީޤަތް ކަމުގައި ވާނީ ކިހިނެއްތޯއެވެ؟ އަރުޝީފުތަކަށް ބަލާއިރު އިންޑިއާގެ ޙަޤީޤީ ރިކޯޑުގައި ފެންނަން އޮތީ، ތާރީޚުގައި ނުލިޔެ އެ ޤައުމުން ދޫކޮށްލި ބައެވެ. އިސްތިޢުމާރު ނައްތާލުމުގެ ދަފްތަރުގައި ދިވެހިރާއްޖެ ނުހިމަނާ ދޫކޮށްލި ސަބަބު ދިފާޢު ނުކުރެވޭ ތަނެވެ. ބިތު ފަންގި ނެގުމުން ހިތުގައި އެޅި ކަންކަން ސިއްރު ނުކުރެވޭ މަންޒަރެވެ. ބާރު ދެއްކުމާއި ނުފޫޒު ފެތުރުމަށް ސަރަޙައްދުގައި ކުރަމުންދާ ބިނާތަކުގެ ސެޓަލައިޓް ފޮޓޯތަކެވެ. އަދި ހަނު ބޭތިއްބުމުގެ ގޮތުން އަވަށްޓެރިންގެ މައްޗަށް ހުރަހަޅާ މަޖުބޫރުކަމެވެ. ފޮށާ ބޭލުމުން ފެނި ހާމަވަނީ މުސްތަޢުމިރުންގެ ޖާގަ ތިމާމެން ފުރުމަށް ޖަހަމުންދާ ހިސާބުތަކެވެ.
އިންޑިއާއިން ނުފެންނަކަމަށް ހެދިގެން އަނެއް ފަރާތަށް ބަލަމުން ދިޔަ އަހަރު
އެއީ 1961 ވަނަ އަހަރެވެ. އެ އަހަރު އދ. ގެ ޖެނެރަލް އެސެމްބްލީ އިން ސްޕެޝަލް ކޮމިޓީ އޮން ޑިކޮލޮނައިޒޭޝަން ޤާއިމު ކުރިއެވެ. އެއީ ޢާއްމު މަޖުލިހުގެ ޤަރާރު ނަމްބަރު 1654 އިންނެވެ. ޤަރާރުގައި ބުނެފައިވަނީ: "އިސްތިޢުމާރުގެ ދަށުގައިވާ ޤައުމުތަކާއި، އާބާދީތައް މިނިވަން ކުރުމަށްޓަކައި ފާސްކުރި (ނަމްބަރު 1514) ޤަރާރުގައި ވާ ކަންކަން ތަންފީޒު ކުރުމުގައި ޙާލަތު ދެނެގަތުމުގެ ގޮތުން ޚާއްޞަ ކޮމިޓީއެއް އެކުލަވައިފީމު" އެވެ. މިއީ މިއަދު މިކިޔާ ކޮމިޓީ އޮފް 24 ނުވަތަ އަޅުގަނޑުމެން މިކިޔާ ސީ – 24 އެވެ. އިންޑިއާ އަކީ މި ކޮމިޓީ އުފެދުނީއްސުރެ މިއަދާ ހަމައަށްވެސް ބަދަލުވެފައި ނުވާ ކޮމިޓީގެ މެމްބަރެކެވެ. އަދި ކޮމިޓީގެ ރިޔާސަތު އެންމެ ފުރަތަމަ އަހަރު ބެލެހެއްޓީވެސް އިންޑިއާ އިންނެވެ.
މިދެންނެވި ކޮމިޓީގެ ރިޔާސަތު އިންޑިއާ ބަލަހައްޓަމުން ދިޔަ އިރުވެސް ދިވެހިރާއްޖެ އޮތީ އިނގިރޭސި އިސްތިޢުމާރުގެ ދަށުގައެވެ. ހިމާޔަތުގެ އެގްރިމެންޓަކުން، ޚާރިޖީގޮތުން އެހެން ޤައުމުތަކާއި އެކު ގުޅުން ދެމެހެއްޓުމުގައި، "އަމިއްލަ އިޚްތިޔާރުގައި ވެރިކަމުގެ ކަންކަން ނިންމުމުގެ މިނިވަންކަން" ގެއްލިފައެވެ. ޚާރިޖިއްޔާއާއި އަސްކަރިއްޔާ އޮތީ އިނގިރޭސިންގެ ބެލުމުގެ ދަށުގައެވެ. ދައުލަތުގެ ވެރިޔަކަށް އިސްކުރާ މީހަކަށް މަޤާމާއި ޙަވާލުވެވެނީ އިނގިރޭސިންގެ އިޒުނަ ލިބުމުންނެވެ. މިޙާލަތަށް ރިޢާޔަތް ކޮށް އދ. ގެ އިސްތިޢުމާރު ނައްތާލާ ދަފްތަރު އެކުލެވުމަށް، އދ. ގެ 1541 ނަމްބަރު ޤަރާރުން، އިންޑިއާ ރިޔާސަތު ބަލަހަޢްޓަމުން ދިޔަ ކޮމިޓީގެ މައްޗަށް އޮތީ ލާޒިމު ކޮށްފައެވެ. އެ ޤަރާރުގައި ބުނެފައިވަނީ "އަމިއްލައަށް ވެރިކަމުގެ ކަންކަން ނިންމުމުގެ އިޚުތިޔާރު ލިބިފައި ނުވާ ޤައުމެއް ކަމުގަ ބަލާނީ، އެޤައުމުގެ މައްޗަށް އިދާރީގޮތުން ވެރިކަމުގެ ބާރު ހިންގާ ފަރާތަކީ، ސަރަހައްދީ ގޮތުންނާއި ނަސްލީ ގޮތުން ތަފާތު ބަޔަކަށް ވާނަމަ" އެވެ.
ހުރިހާ ގޮތަކުން ބަލާއިރުވެސް މި ސިފަކުރުމަށް ދިވެހިރާއްޖެ ފެތެއެވެ. ނަމަވެސް އިސްތިޢުމާރު ނައްތާލުމުގެ ދަފްތަރުގައި އިނގިރޭސިން ދިވެހިރާއްޖެ ނުހިމަނާ ދޫކޮށްލިއެވެ. އާދެ! އދ. ގެ ޗާޓަރުގެ 73 ވަނަ މާއްދާގެ (އީ) އާއި، ޤަރާރު ނަމްބަރު 1514 އަދި ޤަރާރު ނަމްބަރު 1541 އާއި ވެސް ޚިލާފަށެވެ. ހައިރާންވާން ޖެހޭ ކަމަކީ، އިސްތިޢުމާރު ނައްތާލާ ކޮމިޓީގެ ރިޔާސަތުގައި އިންޑިއާ އިނދެގެން، އިނގިރޭސި އިސްތިޢުމާރުގެ ދަށުގައި އޮތް އަވައްޓެރި ދިވެހިރާއްޖެ އިސްތިޢުމާރު ނައްތާލާ ދަފްތަރުގައި ނުހިމެނީތީ އެކަމާ އިންޑިއާއިން ދެކޮޅު ހަދާފަ ނެތުމެވެ. އދ. ގެ އިސްތިޢުމާރު ނައްތާލާ ކޮމިޓީގެ ރިޔާސަތުގައި އިންޑިއާ އިނދެގެން، އިނގިރޭސި ޙިމާޔަތުގެ ދަށުގައި އޮތް އަވައްޓެރި ޤައުމެއް ދަފްތަރުގައި ނުހިމަނާ ދޫކޮށްލެވުނީ އަތުލިޔުމުގެ ކުށަކުން ނޫނެވެ. ދިވެހިރާއްޖެ ދަފްތަރުން ގެއްލުވާލާފައި އޮތްތަން އިންޑިއާއަށް ރަނގަޅަށް ފެންނާނެއެވެ. ނަމަވެސް އިންޑިއާއިން އިޚްތިޔާރު ކުރީ، އެ މައްސަލަ ނުފެންނަ ކަމަށް ހަދާ ހަނު ތިބުމަށެވެ. އިންޑިއާއިން ހަނު ތިބުމުގެ ނަތީޖާއަކީ މިއަދު އދ. ގެ އޮނިގަނޑުގެ ތެރެއިން، ދިވެހިރާއްޖެ އާއި ފޯޅަވަހީގެ އިސްތިޢުމާރު ފިލުވުމުގައި އިޖުރާޢީ ގޮތުން އުފެދިފައިވާ ނިޒާމީ އުނިކަމެވެ.
އިންޑިއާއިން ނުދެކޭ ކަމަށް ހަދައިގެން އުޅޭ ހެކިތައް
ފޯޅަވަހީގައި ދިވެހިން ބަނޑަހަ ޖަހައިގެން ތިބެ، ދަނޑުވެރި ކަމަށާއި، މަސްވެރިކަމަށް އެރަށްތައް ބޭނުން ކުރިއެވެ. ދެކުނުގެ 3 އަތޮޅުގެ މީހުން އޮޅުދޫ ކަރަޔަށް ވިޔަފާރިއާ ދިޔުން ޢާއްމު ވުމުގެ ކުރިން އެވިޔަފާރި ކުރަމުން އައީ އަސޭ ކަރަޔަށް ބަލައިގެންނެވ. އަސޭ ކަރަޔާއި، އެފްރިކާ އަދި އުތުރު ކަރަޔާއި، އަރަބި ބައްރު ގުޅުވައިދޭ މަންޒިލަކީ ފޯޅަވައްސެވެ. އެހެންކަމުން ދެމޫސުމުގައި، އެތަނުގައި ޖައްސާ ނާފަހަރާއި އަރުމާޒު ތަކާއެކު ވިޔަފާރި ކުރުމުގެ ބޭނުމުގައި ދެކުނުގެ ތިން އަތޮޅުގެ މީހުން ދެ މޫސުމުގައި އެތަނުގައި ބަނޑަހަ ޖަހައެވެ. ބަނަޑަހަ ޖަހަނީ އެރަށްތަކުން ލިބޭ ވަސީލަތްތައް ފައްކާކޮށް، އެ ރަށްތަކަށް ޒިޔާރަތް ކުރާ މީހުންނާއެކު ވިޔަފާރި ކުރުމަށެވެ. އެޗްސީޕީ ބެލް ލިޔުއްވާފައިވެއެވެ. "ދެކުނުގެ ރަށްތަކުގެ މީހުންނަކީ، މޫސުމީ ދަތުރު (ހުޅަނގު މޫސުމާއި އިރުވައި މޫސުން) ކުރާ ބައެކެވެ. އެމީހުންނަކީ ޢާއްމުކޮށް ދިވެހިން ދަތުރު ކޮށް އުޅޭ ހިސާބަށް ވުރެ މާ ބޭރަށް ދަތުރުކޮށް އުޅޭ ބައެކެވެ".
ވީމާ ފޯޅަވަހީގައި ދިވެހިން އުޅުނު ކަމީ އެއީ ޙަޤީޤަތެކެވެ. އެކަން އެނގެނީ އިނގިރޭސި އިސްތިޢުމާރީ އަރުޝީފުތަކުންނެވެ. 1810 ވަނަ އަހަރު، އިނގިރޭސި ކަނޑުގެ ސިފައިން ފޯޅަވަހި ލޫޓުވައި މީހުން ހައްޔަރު ކުރިކަމުގެ ރިކޯޑް ތަކުންނެވެ. ދިވެހިން ކިޔާ އުޅޭ ކަތާތަކުންނެވެ. ފޯޅަވަހީގައި ފައިދިގު ތާނައިން ލިޔެފައި ހުރި މަހާނަ ގާތަކުންނެވެ. އިނގިރޭސި އެޑްމިރަލްޓީ ރިކޯޑްތަކުގައި ލިޔެފައިވެއެވެ. "1810 ގައި ފޯޅަވަހިން 134 މީހުން ޖަހައި ގަނެވުނެވެ. އޭގެ ތެރޭގައި 23 އަންހެނުން ހިމެނެއެވެ. 8 ކުޑަ ކުދިން ހިމެނެއެވެ. ކުޑަކުދިންގެ ނަމެއް ނެތެވެ". މިޢަދަދުތަކަށް ބަލާއިރު އަޅު މަސައްކަތު އާބާދީ ތަކުގައި، އަންހެނުންނާއި ކުޑަކުދިން ނިޞްބަތުން މިހާ ގިނަ ޢަދަދަކަށް ހިމެނުމުގެ އިޤްތިޞާދީ ޙިކްމަތެއް ނެތެވެ. އެހެން ކަމުން މި ހައްޔަރު ކުރެވުނު މީހުންގެ ގިންތިތަކަށް ބަލާ އިރު އެއީ ޠަބަޢީ މަދަނީ އާބާދީއެއްކަމަށް ކަށަވަރު ކުރެވެއެވެ. ވީމާ ހާދިސާ ހިނގިތާ 17 އަހަރު ފަހުން ޕްރައިޒް ކޯޓަކަށް ގޮސް އެއީ މޮޒަންބީކާއި، މަޑަގަސްކަރަޔަށް ނިސްބަތްވާ އަޅު މަސައްކަތު މީހުން ކަމުގައި ޙުކުމް ލިޔެ ރިކޯޑްތައް ބަދަލު ކުރިޔަސް ޙަޤީޤަތެއް ނުއޮޅޭނެއެވެ. އެ ހުރިހާ އެންމެންނަކީ، ދިވެހި ނަޞްލުގެ ދިވެހިންނެވެ.
މިހުރިކާ ކަމެއް އިންޑިއާއަށް އެނގެއެވެ. ސަބަބަކީ އިންޑިއާގައި ހުރި އިސްތިއުމާރީ އަރުޝީފް ތަކުންވެސް މި ވާހަކަތައް ފެންނާން ހުންނާނެތީއެވެ. އިންޑިއާއިން މިފަތްފުއްތަކަށް ނުބަލަނީ އޭގައި ސާފު ނުވާ ކަމެއް އޮވެގެނެއް ނޫނެވެ. ނަމަވެސް މޮރިޝަސް މެދުވެރިކޮށް އިންޑިއާގެ ނުފޫޒުގެ ދަށަށް ފޯޅަވަހި ސަރަޙައްދު ގެނައުމުގެ އިސްތިރާޖީ ރޭވުމަށް ހުރަސް އެޅޭނެތީއެވެ. ނަމަވެސް ދިވެހިރައްޖެއާއި ފޯޅަވަހީގެ ގުޅުން ބަޔާންވެ އެގެން އޮތް ތާރީޚަކުން ފެންނަން ހުރި ހެކިތަކުގެ އަލީގައި، ދިވެހިރާއްޖެއަކީ ކުރިއަށް އޮތްތާގައި ފޯޅަވަހި މައްސަލާގައި ހަނުތިބޭނޭ ޤައުމެއް ނޫނެވެ. ދިވެހިރާއްޖެ ވެގެން ދާނީ ފޯޅަވަހީގެ ސިޔާދަތުގެ މައްޗަށް ދަޢުވާ އުފުލާނޭ ރައްޔިތެއް ތިބި ޤައުމެއް ކަމުގައެވެ.
އަގަލެގާ – އިސްތީޢުމާރު ނައްތާލުމުގެ އަސާސްތައް އިންޑިއާއިން ކޮންކްރީޓަށް ބަދަލު ކޮށްލި ހިސާބު
އިންޑިއާއިން ބުނަމުން އަންނަނީ، މޮރިޝަސްގެ އަގެލަގާ ގައި، އިންޑިއާއިން ހިންގަމުން އަންނަނީ އެއްބައިވަންތަކަމުގެ ތަރައްގީގެ މަޝްރޫޢުތަކެއް ކަމަށެވެ. ނަމަވެސް ސެޓަލައިޓް ފޮޓޯ ތަކުން ފެންނަ މަންޒަރު މިވާހަކަތަކާއި ތަޢާރުޒު ވެއެވެ. ސެންޓަރ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީސް އާއި، އޭޝިއާ މެރިޓައިމް ޓްރާންސްޕޭރެންސީ އިނީޝިއޭޓިވް އިންވެސް އިންޑިއާގެ މި ވާހަކަތަކާއި ދެކޮޅެވެ. މި ދެ މުޢައްސިސާއަކީވެސް ވޮޝިންޓަންގައި ގާއިމުވެގެން ހިންގަމުން އަންނަ ޕޮލިސީ އަދި ސްޓްރެޓެޖިކް ރިސާޗް ހިންގާ މުޢައްސިސާތަކެވެ. މި ދެ މުއައްސިސާއިން 2022 ވަނަ އަހަރު ބުނެފައިވަނީ، "އަގެލަގާގެ ރަންވޭގައި މިހާރު 3000 މީޓަރު ހުންނާނެއެވެ. މިއީ އިންޑިއާގެ ނޭވަލް އެއާކްރާފްޓްތައް ޖެއްސުމަށް ފުދޭވަރުގެ ދިގުމިނެއް" ކަމުގައެވެ. ލޯލީ އިންސްޓިޓިއުޓުން 2021 ވަނަ އަހަރު ބުނެފައިވެއެވެ. "އަގަލެގާގައި މިހާރު ބިޔަ ބޮޑެތި ފެސިލިޓީސްތައް ޤާއިމު ކުރެވިފަވާތަން ފެންނަން އެބަ ހުއްޓެވެ. މީގެން ދައްކައި ދެނީ މި ރަންވޭ، އަސްކަރީ ބޭނުމަށްވެސް ފުދޭނެ" ކަމުގައެވެ. މީގެ އިތުރަށް އަސްކަރީ އަދަބިއްޔާތުގެ ޢިލްމުވެރިއެއް ކަމުގައިވާ އަބިލާޝް (2023) ލިޔުއްވާފައި ވެއެވެ. "އަގެލަގާގައި އިންޑިއާއިން ޤާއިމުވެ ތިބުމުން، ދެކުނު އިންޑިއާ ކަނޑުގެ މައްޗަށް އިންޑިއާގެ އަސްކަރީ ނުފޫޒު ނުހަނު ބޮޑުތަނުން އިތުރު ވެގެން ދާނެ" އެވެ.
މި ހޯދުން ތަކަކީ، މި ދާއިރަތަކުން މަސައްކަތް ކުރަމުންދާ ނަންހުރި މުޢައްސިސާތަކާއި، މިފަންނުގެ ޢިލްމުވެރިން ހޯދާފައިވާ ޙަޤީޤީ ހޯދުންތަކެވެ. މިއިން އެއްވެސް ވާހަކަޔަކީ ޚިޔާލެއް ނޫނެވެ. ހައްތާވެސް ލޮލަށް ފެންނަން ހުރި ހެކިތަކުގެ މައްޗަށް ޝާއިޢު ކޮށްފައިވާ ލިޔުންތަކެވެ. ޝައްކެއްނެތެވެ، އެހާ ބޮޑު ބިޔަ ރަންވޭ އެއްގެ މަޤްޞަދަކަށް ވާނީ، ތަރައްގީގެ ބަދަހި ގުޅުމުގެ ތެރެއިން އިންސާނީ އެހީތެރިކަން ފޯރު ކޮށްދިނުމުގެ މަޤްޞަދެއް ނޫނެވެ. އިންޑިއާއިން އަގެލަގާ ތަރައްގީ ކުރަމުން އެދަނީ، އަސްކަރީ ގޮތުން ސަރަޙައްދީ ކަނޑުގައި ހަށިފުޅާ ކުރުމުގެ ބޭނުމުގައެވެ. މަސްކަރީން ބޭސިން އިން ފޯޅަވައްސާއި ހަމައަށް ފޯރާވަރުގެ އަސްކަރީ އަތެއްގެ ގޮތުގައެވެ. އަގެލަގާގައި ފެންނަން ހުރި އަސްކަރީ ބިނާތަކުގެ ބިޔަކަމާއި ހެދި، އިސްތިޢުމާރު ނައްތާލުމުގެ އަސާސްތަކަށް އިންޑިއާ ކަނޑުގައި އެއްވެސް ޖާގައެއް ނެތެވެ. އިންޑިއާއިން އިއްވަމުން އައި އިސްތިޢުމާރު ނައްތާލުމުގެ ނިދާ، އަގެލަގާގެ ބިމަށް އަޅާލެވުނު ކޮންކްރީޓަށް މިހާރު ވަނީ ބަދަލުވެ ނިމިފައެވެ.
ފޯޅަވަހި މައްސަލާގައި އިންޑިއާގެ ބަހާއި ޢަމަލު ދިމާ ނުވުން
އިސްތިޢުމާރީ ދުވަސްވަރުގެ ބޭއިންސާފާއި، އިސްތިޢުމާރު ނައްތާލުމުގެ ވާހަކަ ބައިނަލް އަޤްވާމީ މަންސަތަކުގައި އިންޑިއާއިން ދައްކަނީ ފުން ޖަޒުބާތުގައެވެ. ނަމަވެސް އިސްތިޢުމާރީ ދުވަސްވަރުގެ އެންމެ ފާހަގަ ކުރެވޭ، ފޯޅަވަހީގައި އޮތް އެމެރިކާގެ އަސްކަރީ ބޭސްގެ ވާހަކަ އިންޑިއާއިން ނުދައްކައެވެ. އައިސީޖޭގެ އިސްތިޝާރީ ލަފާ (2019) ގައި ބުނެފައި ވެއެވެ. "ވީހާ އަވަހަކަށް ފޯޅަވަހީގެ މައްޗަށް ހިންގަމުން އަންނަ ވެރިކަން ނިމުމަކަށް ގެނައުމަކީ އިނގިރޭސިވިލާތުގެ ކޮނޑުގައި އެޅިފައިވާ އިލްތިޒާމެކެވެ". މީގެ އިތުރުން އެލަފާގައި ބުނެފައިވެއެވެ. "އެމެރިކާ އިން އަންނަނީ ފޯޅަވަހީގައި އަސްކަރީ ގޮތުން ޤާއިމުވެ ތިބުން ދަމަހައްޓަމުންނެވެ".
ނަމަވެސް އައިސީޖޭ (2019) ގެ އިސްތިޝާރީ ލަފާއިންވެސް އިންޑިއާއަށް ފެނުނީ އެއްބައެވެ. ސަބަކީ މިއިސްތިޝާރީ ލަފާގެ މައްޗަށް ޢަމަލުކުރުން ލާޒިމުކޮށް ނެރުނު އދ. ގެ ޤަރާރު ނަމްބަރު 73/295 ގައި އެމެރިކާއިން ފޯޅަވަހީގައި ހިންގާ އަސްކަރީ ބޭހުގެ ވާހަކަ ހިމަނާފައެއް ނުވެއެވެ. ނަމަވެސް އިންޑިއާއަކުން، މި ޤަރާރުގައި މި ވާހަކަ ނެތިގެން އެއްވެސް މައްސަލައެއް ނުޖައްސައެވެ. ދިވެހިރާއްޖެއިން މި ޤަރާރަށްވެސް ދެކޮޅު ހެދިއެވެ. ނަމަވެސް އިންޑިއާއިން ވަނީ މިޤަރާރާ އެއްކޮޅަށް ޖެހިލުމަކާއި ނުލާ ވޯޓުލާފައެވެ. އިންޑިއާއިން މި ޤަރާރަށް ވޯޓު ދީފައިވަނީ، އިނގިރޭސި ވިލާތަށް ޕްރެޝަރ ކުރުމަށެވެ. އެމެރިކައާއި ދޯޅުވުމުގެ ގޮތުންނެވެ. މޮރިޝަސްއާއެކު އޮތް އަނދިރި ގުޅުން ވަރުގަދަ ކުރުމަށެވެ. އެއްކަންތައް އަނެއް ކަންތަކާ ފުށުއަރަމުން އައިސް، އިންޑިއާއިން އިންވަމުން ދިޔަ އިސްތިޢުމާރު ނައްތާލުމުގެ ނިދާގެ އަޑު މުޅިން ކެނޑިއްޖެއެވެ. އިންޑިއާ ކަނޑުގައި އަސްކަރީގޮތުން ހަށި ފުޅާ ކޮށް ސަރަޙައްދީ ކަނޑުގެ ބާރަކަށް ވުމަށް ޖަހަމުން އައި ހިސާބުތައް މިހުރީ ހާމަޔަށް ފެންނާށެވެ.
ދިވެހިރާއްޖެއާއި ސަރަޙައްދީ ގައުމުތައް ފިއްތުމަށް އިންޑިއާއިން އަޅަން ގެންގުޅޭ އޮބިތައް
ދެކުނު އޭޝިއާ ސަރަހައްދުގައި، އިންޑިއާއިން ކުދި ޤައުމުތައް ފިއްތާ އެ ޤައުމުތަކުގެ މައްޗަށް ސިޔާސީ ނުފޫޒު ހިންގަނީ، ހާމަކޮށް ބަޔާން ކޮށްފަވާ ސިޔާސަތުތަކެއްގެ މަތީގައެއް ނޫނެވެ. އެކަމުގައި ގައުމުތައް ފިއްތަން އިންޑިއާއިން ގެންގުޅޭ އޮބިތަކަކީ، ސިއްރު ގުޅުމާއި، އިޤްތިޞާދީ ފިއްތުމާއި، އިސްތިރާޖީ ކަންކަމުގެ ތެރެއަށް ވަނުމާއި، އަމާޒު ކުރާ ފަރާތްތަކުގެ ސިޔާސީ އުއްމީދުތަކެވެ. ބައިނަލް އަޤްވާމީ ސަލާމަތާއި ބެހޭ ގޮތުން ލިޔުއްވާ ޢިލްމުވެރިއެއް ކަމުގައިވާ ގަންގޫލީ (2018) ލިޔުއްވާފައިވެއެވެ. "އަވަށްޓެރި ޤައުމުތަކުގެ އެތެރޭގެ ސިޔާސީ މާޙައުލު ބައްޓަން ކުރުމުގައި، ފިއްތުމާއި، އެއްބާރު ދިނުމުގެ ތެރެއިން ކަންކަން ކުރާނޭ ގޮތް އިންޑިއާއިން ވަނީ ހޯދާފައެވެ". އިންޑިއާގެ އިޤްތިޞާދީ ކުރިއެރުމުގެ އިސްތިރާޖީ ނަތީޖާއާއި ބެހޭ ގޮތުން ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ ބަރޫ (2019) ލިޔުއްވާފައިވެއެވެ. "އިންޑިއާގެ ސިޔާސަތު ބިނާވެފަ އޮންނަނީ، އިންޑިއާއިން އިސްކަންދޭ ކަންކަމަށް އިންކާރު ކުރުމުން ދައްކަން ޖެހޭ އަގަކީ ކިހާވަރެއްގެ އަގެއްކަން އެނގޭނޭ، ސިޔާސީ ގިންތި ތަކެއް ސަރަޙައްދީ ޤައުމުތަކުގައި އުފައްދާ އާލާ ކުރުމުގެ މައްޗަށެވެ". އަދިވެސް އަސްކަރީ ދިރާސާ ކުރައްވާ ރަޙްމާން (2017) ލިޔުއްވާފައިވެއެވެ. "ސަރަހައްދީ ކަނޑުގެ މައްޗަށް އޮތް އިންޑިއާގެ އަސްކަރީ ނުފޫޒުގެ ބޮޑުބައި ބިނާ ވެފައި އޮތީ އަވަށްޓެރި ކުދި ޤައުމުތަކުން އިންޑިއާއަށް ބޯލަނބާ މިންވަރެއްގެ މައްޗަށެވެ".
މިހުރިހާ ބޭފުޅުންގެ ލިޔުއްވުންތަކުންވެސް އެނގި ހާމަވަނީ އަވަށްޓެރި ޤައުމުތަކުގެ ސަރުކާރުތަކުގެ އެތެރޭގައާއި، ސިޔާސީ ކަމުވެށިވެގެންވާ މީހުންނާއި، ޕާޓީތަކުގެ ލީޑަރުންނާއި، ސިޔާސީ އެކްޓިވިސްޓުންނާއި، ލޯކަލް ކައުންސިލްތަކުގެ ތެރޭގައާއި، ޕަވަރ އެޖެސަންޓް ގިންތީގެ ތެރެއިން ވިޔަފާރިވެރިންނާއި، ނޫސްވެރިންނާއި، ޢިލްމުވެރިންނާއި، ޖަމްޢިއްޔާ ޖަމާޢަތާއި، ޕްރެޝަރ ގްރޫޕުތަކުގެ ތެރޭގައި، ކުރިން ދެންނެވި ގޮތަށް އިންޑިއާ ރުހޭގޮތަށް އިންކާރު ކުރުމުން ދައްކަން ޖެހޭ އަގު ވަޒަން ކުރާ މީހުން އުފައްދާ އާލާކޮށް ދިރުވަމުން ގެންދާ ކަމެވެ. ދިވެހިރައްޖޭގެ ޙާލަތުގައި މީގެ މާނައަކީ، ރާއްޖޭގެ ސިޔާސީ މާޙައުލުގައި ޙަރަކާތްތެރިވާ ސިޔާސީ ބޭފުޅުންނަކީ، އިންޑިއާ ނުރިހިއްޖެ ނަމަ ދައްކަން ޖެހޭ އަގު ވަޒަން ކުރެވޭ ބޭފުޅުން ކަމެވެ. އަދި އިންޑިއާ ނުރުހިދާނެ ފަދަ ދަޢުވާއެއް އުފުލުމުން ކުރިމަތިވެދާނެ ހުރަސްތަކާއި ހިރާސްތައް އެނގިވަޑައިގަންނަވާ ބޭފުޅުން ކަމެވެ. ވީމާ ކޮންމެހެން ދިވެހިރާއްޖޭގެ ސިޔާސީ ބޭފުޅުންނަށް ފިއްތާ ބިރު ދައްކާކަށްވެސް ނުޖެހެއެވެ. ސަބަބަކީ އިންކާރު ކުރުމުގެ ބަދަލުގައި، އިންޑިއާއަށް ތަބާވާކަން ދައްކައި ދިނުމުގެ ފުރުޞަތެއްގެ އިންތިޒާރުގައި ގިނަ ދިވެހި ސިޔާސީ ބޭފުޅުން ތިއްބެވީތީއެވެ. އެކަން އެގެނީ، އިންޑިއާގެ ހުރިހާ އުނި ސިފަތަކަކާއި އެކުވެސް ދިވެހިރާއްޖޭގެ ސިޔާސީ ދާއިރާއިން ފެންނަ އިސް ބޭފުޅުން އިންޑިއާއަށް ސަނާ ކިޔަމުންދާ ދިއުމުންނެވެ.
ލޯގަނޑުން ސޫރަވާ އިންޑިއާގެ ތަސްވީރުގައި ޖެހިފަވާ އިސްތިޢުމާރީ ސިފަ
ބައިނަލް އަޤްވާމީ މައިދާންތަކުގައި އިންޑިއާއިން އުފުލަމުން ދާ ޝިޢާރުތަކާއި އިއްވަމުންދާ އަޑުތަކާއި އިންޑިއާގެ އަޚުލާޤާއި ދިމައެއް ނުވެއެވެ. އިންޑިއާ ރަމްޒު ކޮށްދެމުން ގެންދަނީ، އިސްތިޢުމާރުގެ ދަށުން ވީއްލުމަށް ފަހު، އެނބުރި މުސްތަޢުމަރުން ބޭނުން ކުރި އުކުޅުތަކާއި ޙާލަތުތައް އަވައްޓެރި އެހެން ޤައުމުތަކުގެ މައްޗަށް ހުރަހެޅުމުގެ އުޞޫލުތަކެވެ. އިންޑިއާގެ ސަލާމަތީ ވިއުގައިގެ "ޙިމާޔަތުގެ ދަށުގައި" އަވަށްޓެރި ޤައުމުތައް "އިސްތިޢުމާރު" ކޮށްފަ ބޭތިއްބުމެވެ. އިންޑިއާ ކަނޑުގައި އަސްކަރީ ބާރު ޤާއިމު ކޮށް ތިލަފަތް ހަމަ ކުރުމުގެ ގޮތުން، ޖަޒީރާ ޤައުމުތަކާ މެދު އިންޑިއާއިން ގެންގުޅޭ ސުލޫކުގެ މައްޗަށް ދިރާސާ ކުރައްވާފައިވާ ބޭފުޅެއްކަމުގައިވާ ބްރޫސްޓަރ (2020) ލިޔުއްވާފައިވެއެވެ. "އިންޑިއާގެ އަޚުލާޤުން ސޫރަވަނީ، އެއް އިރެއްގައި އިންޑިއާއިން އެބަޔަކާ ދެކޮޅަށް ތެދުވި އިސްތިޢުމާރީ ބާރުތަކުގެ ތަޞްވީރެވެ".
ޝައްކެއް ނެތެވެ! އިންޑިއާއިން ދަނީ، ދިވެހިރާއްޖެ އދ. ގެ އިސްތިޢުމާރު ނައްތާލުމުގެ ދަފްތަރާއި، އިސްތިޢުމާރު ނައްތާލުމުގެ މުޅި ނިޒާމުން އެކަހަރި ކުރެވިފަވާ ތަން ނުދެނެހުރި ކަމަށް ހަދަމުންނެވެ. ދިވެހިރާއްޖެއާއި ފޯޅަވައްސާއި ދެމެދު ދެމިގެން އައި ތާރީޚީ، ސަޤާފީ، ޤުދުރަތީ އަދި ސިޔާދަތީ ގުޅުމަކީ ކޮބައިކަން ފޮހެލުމަށް ރާއްޖޭގެ އެތެރެއިންނާއި ބޭރުން މަސައްކަތް ކުރަމުންނެވެ. ސަރަޙައްދީ ކަނޑަށް ބާރު ފޯރުވުމުގެ ގޮތުން، އެހެން ޤައުމުތަކުގެ ސަރަޙައްދުގައި އަސްކަރީ ގޮތުން ހަށިފުޅާ ކުރަމުންނެވެ. ސަރަޙައްދުގައި މުސްތަޢުމަރުން ބިނާކުރި އެންމެ ވަރުގަދަ އަސްކަރީ މަރުކަޒު ދެމެހެއްޓުމަށް ތާޢީދު ކުރަމުންނެވެ.
ނުވިތާކަށް އިންޑިއާއިން ދަނީ ރާއްޖޭގެ އެތެރޭގައި އިންޑިއާއިން އުފައްދާ އާލާ ކުރަމުންދާ ސިޔާސީ ގިންތިތަކުގެ މީހުން ލައްވާ، އަމިއްލަ ޤައުމާއި ދެކޮޅު ވާހަކަ ދައްކުވާ، ފޯޅަވަހި މައްސަލައިގެ ޙަޤީޤަތް ދިވެހިން ލައްވާ ދިވެހިންނަށް އޮޅުވާލަމުންނެވެ. ފޯޅަވަހި ހޯދުމުގެ ވާހަކަ ހަމަ ދައްކާއިރަށް، މަލިކު ކޮބާހޭ، ރާއްޖެއިން ފޯޅަވަހި ހޯދަން އދ. ގައި އެދިފަ ނެތޭ ކިޔައިގެން، އިސްތިޢުމާރު ނައްތާލުމުގެ މަސައްކަތް ކުރަން އޮންނަ އަސާސްތައް ދިވެހިންނަށް އޮޅުން ފިލުވައި ދިނުމަށް ހުރަސް އަޅަމުންނެވެ. މަލިކުގެ މީހުން އެތިބީ ދިވެހިރާއްޖެ އިސްތިޢުމާރުގެ ދަށުގައި އޮއްވާ، 1956 ގައި އިންޑިއާއިން ގޮއްމުށް ދައްކައިގެން ނެގި ފެންނަ ނުފެންނަ ވޯޓެއްގެ ދަށުން، އިންޑިއާގެ ދަށުގައި ޖައްސާފައެވެ. އެއީ ޕްލެބިސައިޓެއް ނޫނެވެ. އެހެން ކަމުން މަލިކު މީހުން ބޭނުންވަނީ، އިންޑިއާ ދަށަށް ދާންތޯ، ޕާކިސްތާނު ދަށަށް ދާންތޯ ނުވަތަ ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައި އޮންނަންތޯ ނިންމުމުގެ އިޚްތިޔާރެއް މަލިކު މީހުނަކަށް ނުލިބެއެވެ. ނަމަވެސް މިއަދު މަލިކު މީހުން އިންކާރު ނުކުރާހާ ހިނދަކު، ފޯޅަވަހީގެ ރަށްވެހީންނާއި ޚިލާފަށް، މަލިކު މީހުންއިންޑިއާ ދަށަށް ދާން ރިފަރެންޑަމް އަކުން ނިންމީ ކަމުގެ ހުއްޖަތު އދ. ގެ ކުރިމަތީގައި، އިންޑިއާއަށް ޤާއިމު ކުރެވޭނެއެވެ. ވީމާ އިސްތިޢުމާރު ނައްތާލުމުގެ އަސާސްތަކުން މިނާ އިރު ފޯޅަވައްސާއި މަލިކުގެ ތަފާތު ދިވެހިންގެ ތެރެއިން ސިޔާސީ ލީޑަރުންނާއި، ލޯޔަރުންނާއި، ޑިޕްލޮމެޓުންގެ ފޭރާމުގައި ތިބެގެން އިންޑިއާ ބޭނުންވާ ގޮތަށް ވާހަކަ ދައްކައި ދޭ މީހުންނަށް ނޭގެންވީ ސަބަބެއް ނުއޮންނާނެއެވެ. މި ގޮތަށް އަމިއްލަ ޤައުމާއި ދެކޮޅަށް ވާހަކަ ދައްކައިދޭ ދިވެހިންނަކީ ކޮން ގިންތިއެއްގެ ކޮންކޮން ބައެއްކަން މިހާރު އެންމެނަށްވެސް ފާހަގަވެއެވެ.
ކޮންމެއަކަސް، އިންޑިއާއިން ހަރު އަޑުން އިއްވަމުން ގެންދަނީ މިނިވަންކަމުގެ ނިދާއެވެ. އިސްތިޢުމާރީ ވަކިތަކުން ސަރަހައްދީ ޤައުމުތައް މިންޖުކުރުމުގެ ޖަޒުބާތީ ފުން ޝުޢޫރުތަކެވެ. އެކަމަކު އަމަލު ކުރުމުގައި ގެންގުޅެނީ ސަރަޙައްދީ މުޖުތަމަޢުތައް ދަރަޖަ ކުރުމުގެ އުޞޫލެވެ. ފެންނަނީ މުޖުތަމަޢުތަކުގައި ގިންތިތައް އުފައްދައި އާލާކޮށް އިސްތިޢުމާރު ދެމެހެއްޓުމުގެ ވިސްނުން ކުރިއަރުވަން މަސައްކަތް ކުރާ ތަނެވެ. އާދޭހެވެ! ލޯގަނޑުން ސޫރަވާ އިންޑިއާގެ ތަސްވީރުގައި ޖެހިފައި ވަނީ އިސްތިޢުމާރީ ސިފައެކެވެ.
ދިވެހިރާއްޖެއަށް ލިބިގެންވާ ވާހަކަ ދެއްކުމުގެ ޙައްޤު
އދ. ގެ އިސްތިޢުމާރު ނައްތާލާ ދަފްތަރާއި، އިސްތިޢުމާރު ނައްތާލުމުގެ މަރުޙަލާތަކުން ދިވެހިރާއްޖެ އެކަހެރި ކުރީ ދިވެހިން އަމިއްލައަކަށް ނޫނެވެ. އެގޮތަށް ދިވެހިރާއްޖެ އެކަހެރި ވެގެން ދިޔައީ، އިސްތިޢުމާރު ނައްތާލުމުގެ ދަފްތަރުގައި ދިވެހިރާއްޖެ ގަސްތުގައި ނުހިމަނާ އިނގިރޭސިން ދޫކޮށްލުމުންނެވެ. އަދި އދ. ގެ އިސްތިޢުމާރު ނައްތާލާ ކޮމިޓިގެ ރިޔާސަތުގައި އިންޑިއާ އިނދެގެން، އެކަން ކުރިތަން ނުފެންނަ ކަމަށް ހެދުމުންނެވެ. ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދު ދެމިއޮތް ތާރީޚީ، ސަޤާފީ، ޤުދުރަތީ އަދި ސިޔާދަތީ ގުޅުމަކީ ދިވެހިން އަލުން އުފެއްދި ވާހަކައެއް ނޫނެވެ. އެއީ އިސްތިޢުމާރީ އަރުޝީފްތަކުން އެގެން އޮތް ކަމެކެވެ. ސައްޔާޙުންގެ ލިޔުންތަކުގައި ބަޔާން ކުރެވިފައިވާ ކަންކަމެވެ. އިސްތިޢުމާރީ ބާރުތަކާއި ދިވެހިންނާއި ދެމެދު ބަދަލުކުރެވުނު ސިޓީތަކުގައި ލިޔެފައި ހުރި ވާހަކަތަކެވެ. ހިނގާފައިވާ ހާދިސާތަކާ ބެހޭ ކަތާތަކުން މެދު ނުކެނޑި ނަގުލު ވަމުންދާ ވާހަކައިން ހެކިދޭ ކަންކަމެވެ. އާބާދީތައް ނެތިދިޔަ ރަށްރަށުގެ އާސާރުތަކުން ފާޅުވާ އަލާމާތްތަކެވެ.
އިސްތިޢުމާރު ނައްތާލުމުގެ އަސާސްތަކުގެ ވާހަކަތައް މޮރިޝަސްގެ އަގެލަގާއާއި ހަމައިން ބިމަށް އަޅާ ކޮންކްރީޓަށް ބަދަލު ކޮށްލީ ދިވެހިރާއްޖެއަކުން ނޫނެވެ. އެކަން ކޮށްފައި ވަނީ އިންޑިއާއިންނެވެ. އެއްވެސް އެހެން ޤައުމަކަށް ދިވެހިރާއްޖެ ހަނު ބޭންދުމުގެ ޙައްޤެއް ލިބިގެނެއް ނުވެއެވެ. އިންޑިއާ ކަނޑުގެ އިސްތިޢުމާރު ފިލުވުމަށް ބޭނުންވަނީ އިޚްލާޞްތެރި ކަމެވެ. ފޯޅަވައްސާއި މެދު ތެދު ބަހުން ވާހަކަ ދެއްކުމެވެ. ސަރަޙައްދީ ކަނޑު އިސްތިޢުމާރުން މިންޖުކުރުމަށް އޮތް ފަރުވާ އަކީ ބައިނަލއް އަޤްވާމީ މައިދާނުން ދިވެހިރާއްޖޭގެ ވާހަކަތައް އަޑު އަހައި ބަލައިގަތުމެވެ. އެވާހަކަތައް ފޮހެލުމަށް މަސައްކަތް ކުރުމެއް ނޫނެވެ. އިންޑިއާއިން ބޭރަށް ނުކުންނަ އިރު ބޮލުގައި ބަންނަ ފޮށަޔަކީ ކިތައްމެ ހުދު ފޮށަޔަކަށް ވިޔަސް، ފެންނަން އޮތީ މުސްތަޢުމިރުންގެ ބާރުތައް ވާރުތަ ވެގަތުމަށް ސަރަޙައްދުގައި ކުރާ ބިނާ ތަކާއި ޖަހަމުންދާ ކަޑަ ތަކެވެ.
މިހުރިހާ ކަމެއްގެ އަލީގައި، އަދި ބައިނަލް އަޤްވާމީ ގޮތުން އދ. ގެ އިސްތިޢުމާރު ނައްތާލުމުގެ އަސާސްތަކާއި އުޞޫލޫ ތަކުގެ ރިޢާޔަތުގައި، ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުން ހަރުދަނާ ކުރުމުގެ ބޭނުމުގައި ދިވެހިރާއްޖެއިން އިންޑިއާ ޖަވާބުދާރީ ކުރުވަން ޖެހެއެވެ. ޑިޕްލޮމެޓިކް ގުޅުމަކީ، އަދި އަވަށްޓެރިކަމާއި ރަޙުމަތްތެރި ކަމުގެ ގުޅުމަކީ އެއްގައުމުން އަނެއް ޤައުމު ފިއްތައިގެން އަދާކުރާ ކަމެއް ނޫނެނެވެ. އެއީ ދެޤައުމުން ޙިއްސާ ކުރާ ބައިނަލް އަޤްވާމީ ޤަނޫނުތަކާއި، ދުނިޔެވީ ތަހުޒީބު ރީތި އުޞޫލުތަކާއި، ތާރީޚާއި، ސަޤާފަތާއި، އިޤްތިޞާދީ ހިއްސާ ތަކުގެ މަތީގައި ބިނާ ކުރާ ކަމެކެވެ.
ވުމާއިއެކު ދިވެހިރާއްޖެއިން އިންޑިއާއާއި އެކު ދަމަހައްޓާ ޚާރިޖީ ސިޔާސަތާއި ޑިޕްލޮމެޓިކް ގުޅުން ހަރުދަނާ ކުރުމުގެ ގޮތުން، މައުޟޫޢީ ގޮތެއްގައި ފޯޅަވަހީގެ ވާހަކަ ދެޤައުމުގެ ދެމެދުގައި ރަސްމީ ގޮތުން ފަށަން އެބަޖެހެއެވެ. އަދި އެފަދަ ވާހަކަތަކުގެ ތެރެއިން އަންނަވި ކަންކަން ރަސްމީ ގޮތުން ދިވެހިރާއްޖެ އަށް އޮޅުން ފިލުވައި ދިނުމަށް އިންޑިއާގެ ކިބައިން އެދެން ޖެހޭނެއެވެ.

- އދ. ގެ އިސްތިޢުމާރު ނައްތާލާ ކޮމިޓިގެ ރިޔާސަތުގައި އިންޑިއާ އިނދެ ، އިސްތިޢުމާރު ނައްތާލުމުގެ ދަފްތަރުގައި ދިވެހިރާއްޖެ ނުހިމަނާ އިނގިރޭސިން ދޫކޮށްލުމުން އެކަމާ ދެކޮޅު ނުހެދީ ކީއްވެގެންތޯ ރަސްމީ ގޮތުން އޮޅުން ފިލުވައި ދިނުމަށް އެދުން.
- ފޯޅަވައްސަކީ ދެކުނު އޭޝިއާ ސަރަޙައްދުގައި، ޤުދުރަތީ ގޮތުން ރާއްޖެއާ އެއް އަށްޓެއްގެ މަތީ އޮތް ތަނަކަށް ވެފައި، ރާއްޖެއާއި ފޯޅަވީގެ ގުޅުން އިންޑިއާއަށް ރަނގަޅަށް އެނގޭ އިރު، ސައުތު އޭޝިއާ ސަރަޙައްދުގައި ނުހިމެނޭ، 2100 ކިލޯމީޓަރު ދުރުގައި އޮތް އެފްރިކާ ސަރަހައްދުގެ ޤައުމަކަށް ފޯޅަވަހި ހޯދައިދޭން އިންޑިއާ މަސައްކަތް ކުރަނީ ކޮން ސަބަކާއި ހެދިތޯ ރަސްމީ ގޮތުން އޮޅުން ފިލުވައި ދިނުމަށް އެދުން.
- އދ. ޗާޓަރުގެ 73 (އީ) އާއި، ޤަރާރު ނަމްބަރު 1514 އާއި، ޤަރާރު ނަމްބަރު 1541 އާއި، ޤަރާރު ނަމްބަރު 1654 ގައި ބަޔާން ކުރާ އަސާސް ތަކާއި، މަޤްޞަދުތަކާއި ފުށު އަރާގޮތަށް އދ. ގެ ޢާއްމު މަޖުލިހުގައި ތަކުރާރުކޮށް މޮރިޝަސްއާއި އެއްކޮޅަށް އިންޑިއާއިން ވޯޓު ދެމުން އައިސްފައިވާ ސަބަބު ރަސްމީގޮތުން އޮޅުން ފިލުވައި ދިނުމަށް އެދުން.
- ފޯޅަވަހި މައްސަލާގައި އދ. ގައި ނަގާ ކޮންމެ ވޯޓެއްގައި ދިވެހިރާއްޖެއިން ކަނޑައެޅިގެން މޮރިޝަސްއާއި ދެކޮޅަށް ވޯޓު ދެމުން ދާއިރު، ސަރަޙައްދީ ބާރެއްގެ ގޮތުގައާއި، އަދި އެންމެ އަވައްޓެރި ޤައުމުގެ މަޤާމުގައި އޮވެ، އިންޑިއާއިން ދިވެހިއާއްޖެއާއި މިމައްސަލާގައި މައުޟޫޢީ ގޮތުން ވާހަކަ ނުދައްކާ، މޮރިޝަސްއާއި އެއްކޮޅަށް ވޯޓުދެމުން ދިޔަ ސަބަބު އޮޅުން ފިލުވައި ދިނުމަށް އެދުން.