ޕެން ފޯ ރައިޓްސް / އައުޓްރީޗް ކޯޑިނޭޝަން ޑެސްކް:
ފޯޅަވަހީގެ ކަންދޫ އަތޮޅުގެ ކަންދޫއަށް 4 މީހުންނާއި އެކު އަރާ، ފޯޅަވައްސަކީ އެމީހުންގެ ކާބަފައިންގެ ވަޒަން ކަމަށް ދަޢުވާކުރަމުންދާ، ރަށުން ބާލާފައިވާ ފޯޅަވަހީގެ އިސްތިޢުމާރީ ބީރަށްވެހިންގެ ގްރޫޕަކުން އިނގިރޭސި ސަރުކާރާއި ދެކޮޅަށ، ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބިއޯޓް - BIOT) ގެ ސުޕްރީމް ކޯޓުގައި އިއްޔެ (ހުކުރު ދުވަހު) ގާނޫނީ ގޮތުން މައްސަލަ ޖައްސައިފިއެވެ. މިއީ ލަންޑަނުގައި މި ކޯޓުގެ މަދުން ނޫނީ ނުބާއްވާ ހާއްސަ އަޑުއެހުމެކެވެ. ބިއޯޓަކީ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮންނަ އޯވަސީސް ޓެރިޓަރީއަކަށް ވާތީ، އެ ސަރަހައްދުގައި އަމިއްލަ ވަކި ގާނޫނީ ނިޒާމަކާއި ކޯޓުތަކެއް ގާއިމުކޮށްފައިވެއެވެ. އެ ސަރަހައްދުގެ މައި ކޯޓަކީ 'ސުޕްރީމް ކޯޓު އޮފް ދަ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ' އެވެ.
މި ކޯޓުން ބަލަނީ އެ ސަރަހައްދުގެ ގާނޫނުތަކާ ގުޅުންހުރި މައްސަލަތަކާއި އިދާރީ ނިންމުންތަކާ ގުޅޭ މައްސަލަތަކެވެ. މި ކޯޓަކީ ގާނޫނީ ގޮތުން އިނގިރޭސިވިލާތުގެ 'ހައި ކޯޓު އޮފް ޖަސްޓިސް' އާ ވަކި މުއައްސަސާއެއް ނަމަވެސް، އެ ސަރަހައްދުގައި ދާއިމީކޮށް ދިރިއުޅޭ އާބާދީއެއް ނެތުމާއި، ކޯޓުގެ ވަސީލަތްތައް ގާއިމުކޮށްފައި ނެތުމުގެ ސަބަބުން، ކޯޓުގެ މަސައްކަތްތައް އާންމުކޮށް ހިންގަނީ ލަންޑަނުގައެވެ. މި ކޯޓުތަކަށް ފަނޑިޔާރުން އައްޔަނު ކުރަނީ އިނގިރޭސިވިލާތުގެ ގާނޫނީ ދާއިރާގެ ބޭފުޅުންގެ ތެރެއިންނެވެ. އަދި ޝަރީއަތުގެ އަޑުއެހުންތައް ބާއްވަނީ އިނގިރޭސިވިލާތުގެ ޓްރައިބިއުނަލް އިމާރާތްތަކުގައެވެ. މި ކޯޓުތަކުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރުމަށް އޮންނަނީ 'ކޯޓު އޮފް އެޕީލް ފޯ ދަ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ' އެވެ. އަދި އެންމެ ފަހުގެ އިސްތިއުނާފީ މަރުހަލާއަކީ އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުގެ ބަދަލުގައި 'ޖުޑީޝަލް ކޮމިޓީ އޮފް ދަ ޕްރައިވީ ކައުންސިލް' އެވެ.
'ދަ ކިންގް (އޮން ދަ އެޕްލިކޭޝަން އޮފް މެންޑަރިން އެންޑް އަދާސް) ވާސަސް ކޮމިޝަނަރ ފޯ ދަ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ' ގެ ނަމުގައި ހިނގާ މި މައްސަލަ ބައްލަވަނީ އެ ސަރަހައްދުގެ ޗީފް ޖަސްޓިސް ޖޭމްސް ލޫވިސް ކޭ.ސީ އެވެ. މި މައްސަލަ ހުށަހެޅިފައިވަނީ، މި އަހަރުގެ ކުރީކޮޅު ރަމްޒީ ގޮތުން އެނބުރި ވަޒަނަށް ދިއުމަށްޓަކައި ފޯޅަވހީގެ ކަންދޫ އަތޮޅުގެ ކަންދޫއަށް ފޭބި މީހުން އެތަނުން ބޭލުމަށް ސްޓާމަރުގެ ސަރުކާރުން ކުރި މަސައްކަތާ ގުޅިގެންނެވެ.
ކާބަފައިންގެ ވަޒަނަށް އެނބުރި ދިއުން
މި މައްސަލަ ހުށަހެޅި ލުއީ މިސްލީ މެންޑަރިން، ލުއީ މިޝޭލް މެންޑަރިން، ލުއީ އެންޓޮއިން ލެމެޓްރޭ އަދި ގައި ޝޭން އެޑްރިއަން ކާސްޓެލް، ފެބްރުއަރީ 16 ވަނަ ދުވަހު ފޯޅަވަހީގެ ކަންދޫ އަތޮޅުގެ ކަންދޫ (އިލް ޑި ކުއާ) އަށް ދަތުރު ކޮށްފައި ވެއެވެ. މިމީހުން ބުނި ގޮތުގައި އެމީހުންގެ މަގްސަދަކީ، މީގެ ބައި ގަރުނަށްވުރެ ގިނަ ދުވަސް ކުރިން އެމީހުން މަޖުބޫރުން ފޯޅަވަހިން ބޭރުކޮށްލެވިފަ ވުމާއިއެކު، އޭގެ ކުރިން އެތައް ޖީލެއް ވަންދެން އެމީހުންގެ އާއިލާތައް ދިރިއުޅެމުން އައި ފޯޅަވަހީގެ ރަށްރަށުގައި އަލުން ވަޒަންވެރިވާން ފެށުމެވެ.
1960 ގެ އަހަރުތަކުގެ ފަހުކޮޅާއި 1970 ގެ ކުރީކޮޅާ ދެމެދު، އިނގިރޭސިވިލާތުން ވަނީ ފޯޅަވަހީގައި (ޑިއޭގޯ ގާސިއާގައި) އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން އަސްކަރީ މަރުކަޒެއް ބިނާކުރުމަށްޓަކައި ފޯޅަވަހީގައި ތިބި އިސްތިޢުމާރީ ބީރަށްވެހީން އެ ސަރަހައްދުގެ ރަށްތަކުން ބޭރުކޮށްލާފައެވެ. ފޯޅަވަހިން ބޭރުކޮށްލެވުނު ބީރަށްވެހީންގެ ތެރެއިން އެއްބަޔަކު މޮރިޝަސްއަށް، އަނެއްބައި މީހުން ސީޝެލްސްއަށް ބޭލިކަމުގައި ވީނަމަވެސް ފަހުން އޭގެ ތެރެއިން ގިނަބަޔަކު ވަނީ އިނގިރޭސި ވަޒަންވެރިންގެ ގޮތުގައި އިނގިރޭސިވިލާތަށް ހިޖުރަކޮށްފައެވެ.
ދިހަވަރަކަށް އަހަރު ވަންދެން ފޯޅަވަހީގެ އިސްތިޢުމާރީ ބީރަށްވެހީން އަންނަނީ އެނބުރި ވަޒަނަށް ދިއުމުގެ ހައްގަށް ވަކާލާތު ކުރަމުންނެވެ. މި މައްސަލަ ހުށަހެޅި އެކަކު ކަމަށްވާ މިސްލީ މެންޑަރިން މި ދަތުރު ސިފަކުރީ، ބޭއިންސާފުން އަތުލާފައިވާ އެމީހުންގެ ވަޒަން އަނބުރާ ހޯދުމަށް ކުރި ސުލްހަވެރި މަސައްކަތެއްގެ ގޮތުގައެވެ.
މި މަސައްކަތަށް ސިޔާސީ ޖަމްއިއްޔާއެއް ކަމަށްވާ 'ގްރޭޓް ބްރިޓިޝް ޕީ.އޭ.ސީ' އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ޖަމްއިއްޔާއިން ބުނާ ގޮތުގައި، އެމީހުން ވަނީ ފޯޅަވަހީގެ އިސްތިޢުމާރީ ބީރަށްވެހީންގެ ނަމުގައި (ޗާގޯސިއަނުންގެ ރަށުން ބޭރުގައި އަރުވާލެވިގެން ތިބެ ހިންގާ) ސަރުކާރެއް އެކުލަވާލުމަށާއި، ވަޒަނަށް އެނބުރި ދިއުމުގެ ހައްގު ހޯދުމަށް ކުރާ ގާނޫނީ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ހަރަކާތުގައި އިސްކޮށް އުޅޭ މީހުން ބުނާ ގޮތުގައި، ބޭރުގެ މިފަދަ އެހީތެރިކަމެއް ނެތްނަމަ އިނގިރޭސިވިލާތުގެ ކޯޓުތަކުގައި މިފަދަ ބޮޑު ގާނޫނީ ހަނގުރާމައެއް ކުރުމަކީ ފޯޅަވަހީގެ އިސްތިޢުމާރީ ބީރަށްވެހީންނަށް ނުހަނު އުނދަގޫ ކަމަކަށް ވާނެއެވެ.
ބޭރުކުރުމަށް ކުރި އަމުރުތަކަށް ގޮންޖެހުން
މެސްލީ މެންޑަރިން އާއިއެކު އެ ގްރޫޕް ކަންދޫއަށް ދިޔަތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ބިއޯޓް (BIOT) އިދާރާގެ ފަރާތުން ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން އެމީހުން އެތަނުން ފޭބުމަށް އަމުރުކޮށްފައެވެ. އަދި އެތަނުގައި ތިބުމުގެ ހުއްދައެއް ނެތްކަމުގެ އިންޒާރުވެސް ދީފައެވެ.
މި އަމުރާ ގުޅިގެން އެމީހުން ކޯޓަށް މައްސަލަ ހުށަހެޅީ، ބިއޯޓް އިދާރާތަކުން އަމަލުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެއެވެ. ފެބްރުއަރީ 19 ވަނަ ދުވަހު ޗީފް ޖަސްޓިސް ލޫވިސް ވަނީ، މައްސަލަ ނިމެންދެން އެމީހުން އެތަނުން ބޭރުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރުއްވާފައެވެ. ކޯޓުން ފާހަގަކުރި ގޮތުގައި، ސަރުކާރުގެ ނިންމުމުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ސީރިއަސް ކަންތައްތަކެއް އެބަހުއްޓެވެ. އަދި އެމީހުން ތިބީ ފޯޅަވަހީގެ (ޑިއޭގޯ ގާސިއާގެ) އަސްކަރީ މަރުކަޒާ ވަރަށް ދުރުގައި ކަމަށާއި، އެމީހުންގެ ފަރާތުން ސަލާމަތީ ނުރައްކަލެއް އޮތް ކަމަށް ސަރުކާރުންވެސް ބުނެފައިނުވާކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
ބިއޯޓް ކޯޓުގެ ހާއްސަ އަޑުއެހުން
މި މައްސަލައިގެ މައިގަނޑު އަޑުއެހުން ތާވަލުކޮށްފައިވަނީ އިއްޔެ (ހުކުރު ދުވަހު) ލަންޑަނުގެ ފީލްޑް ހައުސް ޓްރައިބިއުނަލް ހިއަރިން ސެންޓަރުގައެވެ. މިއީ އިނގިރޭސިވިލާތުގައި ތިބޭ ގާނޫނީ ވަކީލުންނާއި އޮފިޝަލުންނަށް ފަސޭހައަކަށް ބިއޯޓް ކޯޓުތަކުގެ އަޑު އެހުންތައް އާންމުކޮށް ބާއްވާ ތަނެކެވެ.
މި އަޑުއެހުމުގައި ފަނޑިޔާރު ބައްލަވާނީ މި މައްސަލަ ކުރިއަށް ގެންދެވޭނެތޯ އާއި މައްސަލައިގެ އަސްލާ މެދުގައެވެ. ފޯޅަވަހީގެ ބީރަށްވެހީން (ޗާގޯސިއަނުން) ވަކާލާތު ކުރާނީ އެމީހުން ބޭރުކުރުމުގެ އަމުރު ނެރުނީ ބޭއިންސާފުން ކަމަށާއި، އެތަނުގައި ތިބުމުގެ ހުއްދައަށް އެދި ހުށަހެޅުމުން އެކަމަށް އިދާރާތަކުން އެކަށީގެންވާ ގޮތެއްގައި ބަލާފައި ނުވާ ކަމަށެވެ.
ފޯޅަވައްސާއި މެދު ކުރެވޭ ފުޅާ ބަހުސް
މި މައްސަލަ ކުރިއަށްދަނީ ފޯޅަވަހީގެ މުސްތަގުބަލާ މެދު ބޮޑެތި ބަހުސްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. އިނގިރޭސިވިލާތުން ވަނީ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއާއި ޙަވާލުކުރުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. އަދި އެއަށްފަހު އަނބުރާ މޮރިޝަސް އަތުން ފޯޅަވަހީގައިވާ އަސްކަރީ މަރުކަޒު ދިގު މުއްދަތަކަށް ކުއްޔަށް ހިފުމަށްޓަކައި އިނގިރޭސި ޓެކްސް ފައިސާއިން ބޮޑު އަދަދެއް ދައްކާ ގޮތަށް އެއްބަސްވުމުގައި ހިމަނާފައެވެ. ފޯޅަވަހީގެ އިސްތިޢުމާރީ ބީރަށްވެހީންގެ ޖަމްއިއްޔާތަކުން ބުނަނީ ކޮންމެ އެއްބަސްވުމެއްގައިވެސް އެމީހުން އެނބުރި ވަޒަނަށް ދިއުމުގެ ހައްގު ހިމެނެންވާނެ ކަމަށެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި މި ގާނޫނީ ހަނގުރާމައަކީ ހަމައެކަނި އިމިގްރޭޝަން މައްސަލައެއް ނޫނެވެ. މިއީ އެތައް އަހަރެއްގެ ބޭއިންސާފާ ދެކޮޅަށް ކުރާ މަސައްކަތުގެ އާ ބާބެކެވެ. ކޯޓުގެ މި ނިންމުމަކީ ހަމައެކަނި މިހާރު ތިބި މީހުންނަށް ތިބެވޭނެތޯ ނިންމާނެ ނިންމުމެއް ނޫނެވެ. މިއީ މުޅި ފޯޅަވަހީގެ އިސްތިޢުމާރީ ބީރަށްވެހި އާބާދީއަށް އެމީހުން އުފަންވި ވަޒަނުގައި އަލުން ވަޒަންވެރި ވެވޭނެތޯ ނިންމުމުގައި ނުހަނު ބޮޑު ނުފޫޒެއް ފޯރުވާނެ ނިންމުމެކެވެ.