ޕެން ފޯ ރައިޓްސް / އައުޓްރީޗް ކޯޑިނޭޝަން ޑެސްކު
ފޯޅަވައްސާ ގުޅޭގޮތުން މިހާރު ދެކެވެމުންދާ ވާހަކަތަކަކީ ތަކުރާރުކޮށް ދައްކަމުން ގޮސް، އޭގެ ތާރީޚީ ހަގީގަތްތަކާ މެދު ސުވާލު އުފެއްދުން މަދުވެފައިވާ ވާހަކަތަކެކެވެ. މި މައްސަލައިގައި އާންމުކޮށް ފެންނަން އޮންނަ ސޫރައަކީ، އިނގިރޭސިވިލާތުން ޣައިރުޤާނޫނީ ގޮތެއްގައި ފޯޅަވަހި ވަކިކޮށްލުމުގެ ސަބަބުން މޮރިޝަސްއަށް ލިބުނު އަނިޔާވެރިކަމުގެ ވާހަކައެވެ. އަދި މިއީ އިސްތިޢުމާރީ ބާރުވެރިކަން ނިމުމަކަށް އައުމުގެ މަރުހަލާގައި ފުރިހަމަނުވެ އޮތް ސާދާ މައްސަލައެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. ނަމަވެސް، ކަން ހިނގާފައިވާ ތަރުތީބަށް ބަލާއިރު ފެންނަން އޮތީ މިއަށްވުރެ ބޮޑަށް އޮޅުންބޮލުން ވެފައިވާ، އަދި ސިޔާސީ ގޮތުން ކިޔައިދޭން އުނދަގޫ ހަގީގަތްތަކެކެވެ. މިއީ އިންސާފަށް ލޯބިކުރާ ކޮންމެ މީހަކުވެސް އުފައްދަންޖެހޭ ސުވާލެކެވެ. އެއީ، މޮރިޝަސްއިން މިހާރު އެ ދައުވާކުރާ ފަދައިން، ފޯޅަވައްސަކީ އެ ގައުމުގެ މިނިވަންކަމާ ވަކިނުކުރެވޭނެ ބައެއް ކަމުގައި ވަނީނަމަ، އިނގިރޭސިވިލާތުން އެ އަތޮޅުތައް ވަކިކުރި ކުރުން، ބައިނަލްއަގުވާމީ މުޖުތަމައުން ކުށްވެރިކޮށްފައި ވަނިކޮށް، ފޯޅަވަހި ނުހިމެނޭ ގޮތަށް މޮރިޝަސްއިން މިނިވަންކަން އިޚުތިޔާރުކުރީ ކީއްވެގެން ހެއްޔެވެ؟
މި ކަންކަމަކީ ހަމައެކަނި ޖަހާލެވޭ ތާރީޚުތަކެއް ނޫނެވެ. އެއީ މިމައްސަލައިގެ އަސްލު ބިނާވެފައިވާ ކަންކަން ހިނގާފައިވާ ތާރީޚުތަކެވެ. 1965 ވަނަ އަހަރު އިނގިރޭސިވިލާތުން ފޯޅަވަހި ޖަޒީރާތައް މޮރިޝަސްގެ އިސްތިޢުމާރީ އިދާރާއިން ވަކިކޮށް، 'ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ' އުފެއްދިއެވެ. މީގެ ބޭނުމަކީ ފިނި ހަނގުރާމައިގެ ދުވަސްވަރު އަސްކަރީ ގޮތުން ނުހަނު މުހިންމު ފޯޅަވަހި (ޑިއޭގޯ ގާސިއާ) ގެ މައްޗަށް އިނގިރޭސިންގެ ސީދާ ބާރުވެރިކަން ދެމެހެއްޓުމެވެ. ނަމަވެސް މި ވަކިކުރި ކުރުމާ ދެކޮޅަށް ހަމަ އެ އަހަރު ބައިނަލްއަގުވާމީ މުޖުތަމައުން ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ. އދ. ގެ އާންމު މަޖިލީހުގެ ޤަރާރު ނަމްބަރު 2066 އިން، މިނިވަންކަން ދިނުމުގެ ކުރިން އިސްތިޢުމާރީ ބިންތައް ބައިބައިކުރުމާ ދެކޮޅަށް އިންޒާރުދީ، އިނގިރޭސިވިލާތުގެ އަމަލުތައް ކުށްވެރިކުރިއެވެ. ނަމަވެސް، މި ހުރިހާ ކަމެއް މިހެން ހުއްޓާ މޮރިޝަސް ދިޔައީ އިނގިރޭސީންނާ އެކުގައެވެ. 1968 ވަނަ އަހަރު މޮރިޝަސްއިން މިނިވަންކަން ހޯދީ ފޯޅަވައްސާ ނުލައެވެ. މި ހަގީގަތަކީ، ފޯޅަވަހި ވަކިކުރުމަކީ މޮރިޝަސްއިން އެއްގޮތަކަށްވެސް ގަބޫލުނުކުރާ ބޮޑު ބޭއިންސާފެއް ކަމަށް ބުނެ މިހާރު ކުރާ ދައުވާތަކާ ފުށުއަރާ ކަމެކެވެ.
މިކަމުގެ މުހިންމުކަން ދެނެގަތުމަށްޓަކައި، ފަހުން އުފައްދާފައިވާ ސާދާ "ސަހަރޯހިތުވާ ވާހަކަތަކުގެ" ބަދަލުގައި، އިނގިރޭސިވިލާތުގެ އޭރުގެ ސްޓްރެޓީޖިކް ވިސްނުންތަކަށް ބަލަންޖެހެއެވެ. އިނގިރޭސިން ފޯޅަވަހި ވަކިކުރީ ކުއްލިއަކަށް ނިންމި ނިންމުމެއްގެ ދަށަކުން ނޫނެވެ. ލަންޑަނުން ބޭނުންވީ އެ ޖަޒީރާތަކުގެ، ހާއްސަކޮށް ފޯޅަވަހީގެ ފުރިހަމަ ބާރު އެމީހުންގެ އަތްމަތީގައި އޮތުމަށެވެ. އަދި އިސްތިޢުމާރީ ވެރިކަން ނިމުމަށްފަހު އުފެދޭ އާ ނިޒާމެއްގެ ތެރެއިން އެ އަސްކަރީ މަރުކަޒު ގެއްލިދާނެ އެއްވެސް ފުރުސަތެއް ދޭކަށް ބޭނުމެއް ނުވިއެވެ. އެކަން ހާސިލުކުރުމަށްޓަކައި ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރެވޭނެ ސިޔާސީ އަދި ޤާނޫނީ އޮނިގަނޑެއް ބޭނުންވިއެވެ. އެ އޮނިގަނޑުގެ ދަށުން، ގައުމުތަކާއި ސަރަޙައްދުތައް އިސްތިޢުމާރުން މިނިވަންކުރުމުގެ އޮނިގަނޑުގައި ބައިވެރިކުރާނީ ކޮން ބައެއްކަމާއި، ބާކީކޮށްލާނީ ކޮން ބައެއްކަން ކަނޑައަޅަން މަޖުބޫރުވިއެވެ.
ދިވެހިރާއްޖެ މި މައްސަލައިގެ ތެރެއަށް ވަންނަނީ މި ހިސާބުންނެވެ. އދ. ގެ ޗާޓަރުގެ 73 (e) މާއްދާގެ ދަށުން، އިސްތިޢުމާރީ ބާރުތަކުން ރިޕޯޓުކުރަންޖެހޭ، އަމިއްލަ އިޚްތިޔާރުގައި ވެރިކަންކުރުމުގެ ފުރިހަމަ ޙައްޤު ލިބިފައި ނުވާ ސަރަޙައްދުތަކުގެ ތެރޭގައި އިނގިރޭސިވިލާތުން މޮރިޝަސް ހިމެނިއެވެ. ނަމަވެސް، ދިވެހިރާއްޖެއަކީ ފުރިހަމަ އަމިއްލަ ވެރިކަމެއް ނެތް (Non-Self-Governing) ގައުމެއްގެ ގޮތުގައި ލިސްޓުކޮށްފައެއް ނުވެއެވެ. އެހެންކަމުން، އިސްތިޢުމާރީ މައްސަލަތައް ހައްލުކުރާ ބައިނަލްއަގުވާމީ ނިޒާމުގެ އޮނިގަނޑުން ރާއްޖެ ބޭރު ކޮށްލެވުނެވެ. މީގެ ނަތީޖާއަކީ، ފޯޅަވަހީގެ މައްސަލަ ބައިނަލްއަގުވާމީ މައިދާނުގައި ހަމައެކަނި މޮރިޝަސް މެދުވެރިކޮށް ހުށަހެޅޭނެ ގޮތް އިނގިރޭސިން ހެދުމެވެ. މީގެ ސަބަބުން، ފޯޅަވައްސާ އެކު ތާރީޚީ ގޮތުން ކިތަންމެ ވަރުގަދަ ގުޅުމެއް އޮތް ނަމަވެސް، އެކަމާ ދެކޮޅަށް ރަސްމީކޮށް އަޑުއުފުލުމުގެ ފުރުސަތު ދިވެހިރާއްޖެއަށް މިއަދާ ހަމައަށްވެސް ގެއްލުނެވެ.
މި ބާކީކޮށްލުން އިތުރަށް ސާފުވަނީ ވިހިވަނަ ގަރުނުގެ ސިޔާސީ، ސަރަހައްދީ އިން ހެޔޮވަރު ކުރުމުގެ ތެރެއިން، އިނގިރޭސިން ބަދަލުކޮށްލި ތާރީޚީ ޖިއޮގްރަފީއަށް ބަލާލުމުންނެވެ. ފޯޅަވައްސަކީ އިނގިރޭސިންގެ އަސްކަރީ ބޭސްއަކަށް ނުވަތަ މޮރިޝަސްގެ ސިޔާސީ ދައުވާއަކަށް ވުމުގެ މާ ކުރިން، އިސްތިޢުމާރީ ތާރީޚުގެ ޗާޓުތަކުން ދައްކަނީ އައްޑޫގެ ދެކުނުން ދިވެހި ކަނޑުގެ ސަރަހައްދު ދެމިގެން ގޮސްފައިވާ ކަމެވެ. ޔޫރަޕްގެ ހުރިހާ ޗާޓުތަކެއްގައި އެތައް ގަރުނެއް ވަންދެން ފެންނަން ހުރީ ދިވެހިން ކިޔައި އުޅޭ ކަންދު އަތޮޅާއި، ފޯޅަވައްސާއި ގުޅުވައިގެން ކިޔާ ރަށްތަކެވެ. މި ގުޅުން ކެނޑިގެންދިޔައީ ނަވާރަވަނަ ގަރުނުގައި އިނގިރޭސި ހައިޑްރޯގްރާފަރު ރޮބަޓް މޯރސްބީ ކުރެހި ޗާޓުތަކުންނެވެ. އޭނާ ދިވެހިރާއްޖޭގެ ބޯޑަރު އައްޑޫއާ ހަމައިން ނިންމާލައި، އޭގެ ދެކުނުގައިވާ ރަށްތަކަކީ ވަކި ޖިއޮގްރަފީއެއް ކަމަށް ކަނޑައެޅިއެވެ. މިއީ ހަމައެކަނި ދަތުރުފަތުރަށް ގެނައި ބަދަލެއް ނޫނެވެ. މިއީ ފަހުން އުފެދުނު ޤާނޫނީ އަދި ސިޔާސީ ދައުވާތަކުގެ ބިންގާ ބަދަލުކޮށްލުމަށް ކުރި ކަމެކެވެ. މީގެ މައްޗަށް ބިނާކޮށް، މި ޖިއޮގްރަފީއަށް ގެނެވުނު ބަދަލު އާއްމު ކުރުމުގެ ގޮތުން، ސިލޯނުގައި ހުރި އިރޭސި ގަވަރުނަރުގެ އެންގުމަށް އެޗް. ސީ. ޕީ ބެލް ރާއްޖެ އައެވެ. ދިވެހިންނާއި ދުނިޔެއަށް ދެއްކީ އޭނާއަކީ، ތާރީޚާއި، ސަގާފަތާއި، ޖިއޮގްރަފީއާއި ބެހޭ ގޮތުން މިނިވަން ދިރާސާ ކުރާ، އެ ދާއިރާ ތަކުގެ ޚާއްޞަ ޝައުގެއް އޮވެގެން އެކަން ކުރާ މީހެއްގެ ގޮތުގައެވެ. ރާއްޖޭއާއި ބެހޭ އެތަކެއް ވާހަކަތަކެއްގެ ތެރެއިން އޭނާ ކޮށްފައިވާ ކަމަކީ، ރޮބަޓް މޯސްބީގެ ޗާޓަކީ، އެއީ ދިވެހިރާއްޖެ ކަމުގައި ޢާއްމު ކުރުމުގެ ގޮތުން ރާއްޖޭގެ ޗާޓު މޯސްބީ ކުރެހިގޮތަށް އެފޮތުގައި ޝާއިޢު ކޮށްލީއެވެ.
1965 ވަނަ އަހަރު އިނގިރޭސިން ފޯޅަވަހި ވަކިކުރުމުގެ އަމަލީ ފިޔަވަޅު އެޅިއިރު، އެމީހުން އޮތީ ބޭނުންވާ މަގު ކޮށާ ނިންމާފައެވެ. ޖިއޮގްރަފީ ބަދަލުކޮށް، އިސްތިޢުމާރީ ނިޒާމު ބައްޓަންކޮށް، އަދި ފޯޅަވަހީގެ މައްސަލައިގައި ވާހަކަދެއްކޭނެ ހަމައެކަނި ފަރާތަކީ މޮރިޝަސް ކަމުގައި ހަމަޖައްސާފައެވެ. އެ ރައްތައް ވަކިކުރުމުން ދުނިޔެ އެކަމާ ދެކޮޅު ހެދި ނަމަވެސް، މޮރިޝަސްއިން މިނިވަންކަން ހޯދީ އެ ހާލަތު ގަބޫލުކޮށްގެންނެވެ. މިއީ މިއަދު ފެންނަން އޮތް ތާރީޚީ ހަގީގަތެކެވެ.
މީގެ މާނައަކީ އިނގިރޭސިން އަމަލުކުރީ އިންސާފުން ކަމަށް ބުނުމެއް ނޫނެވެ. އިނގިރޭސިން އަމަލުކުރީ އިސްތިޢުމާރީ ބާރުތަކުން އަބަދުވެސް އަމަލުކުރާ އުސޫލުން، އަމިއްލަ އަސްކަރީ މަސްލަހަތު ކުރިއަށް ނެރެގެންނެވެ. ނަމަވެސް، މޮރިޝަސްއަކީ އަބަދުވެސް އިނގިރޭސިންގެ މި އަމަލާ ދެކޮޅަށް ވަރުގަދަޔަށް މަސައްކަތްކުރި ގައުމެއް ކަމަށް ބުނުމަކީ ތާރީޚީ ގޮތުން ކަނޑައެޅިގެން ދޮގެކެވެ. ތާރީޚީ ހެކިތަކުން ދައްކަނީ، މިނިވަންކަން ލިބުމުގެ އެންމެ މުހިންމު ވަގުތު ޖެހުމުން، ފޯޅަވަހި ވަކިކުރުމަކީ މިނިވަންކަން ހޯދުމަށް އޮތް ނުވަތަ މިނިވަންކަމުން އުނިވި ބައެއްކަމަށް މޮރިޝަސްއިން ނުދެކޭ ކަމެވެ.
އެހެންކަމުން، މޮރިޝަސްއިން މިހާރު ދައްކާ އިސްތިޢުމާރާ ދެކޮޅު ވާހަކަތަކަށް ފުންކޮށް ބަލަންޖެހެއެވެ. މޮރިޝަސްއިން މިހާރު ބޭނުންކުރަނީ 'uti possidetis juris' ފަދަ ބައިނަލްއަގުވާމީ އުސޫލު ތަކެވެ. މީގެ ބޭނުމަކީ އިސްތިޢުމާރީ އިދާރީ ބިންތަކަކީ މިނިވަންވުމަށްފަހު އެ ގައުމަކަށް ވާރުތަވާނެ ބިންތަކެއް ކަމަށް ބުނެ ވަކާލާތު ކުރުމެވެ. ނަމަވެސް، އެ އުސޫލަކީ އިސްތިޢުމާރީ އިންތަކުގެ ކުރިން ހުރި ތާރީޚީ ދައުވާތައް ބާތިލުކުރާ އެއްޗެއް ނޫނެވެ. އަދި ފޯޅަވަހި ވަކިކުރުމަކީ ގައުމީ ފެންވަރުގައި ކުރިމަތިވި އެންމެ ބޮޑު ބޭއިންސާފު ކަމަށް މިއަދު ބުނާއިރު، އެ ބޭއިންސާފު ގަބޫލުކޮށްގެން މިނިވަންކަން ހޯދި ސިޔާސީ ހަގީގަތެއް ފޮހެއެއް ނުލެވޭނެއެވެ.
ދުނިޔޭގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކާއެކު، މި މައްސަލައަށްވެސް ބަދަލުތަކެއް އައެވެ. އިނގިރޭސިންގެ ބާރު ކުޑަވެ، އިސްތިޢުމާރާ ދެކޮޅު ޤާނޫނީ ފިކުރު ވަރުގަދަވުމުން، މޮރިޝަސްއިން އަލުން ފޯޅަވަހީގެ މައްސަލަ ކުރިއަށް ނެރުނެވެ. މިފަހަރު އެ ގައުމުން ބޭނުންކުރީ، ކުރިން މިނިވަންކަން ހޯދުމަށް ހުރަހަކަށް ނުވި ބައިނަލްއަގުވާމީ ކުށްވެރިކުރުންތަކެވެ. މި ބަދަލަކީ ސިޔާސީ ގޮތުން ފުރުޞަތެއް އޮތް ކަމެއް ނަމަވެސް، އޭގެ ސަބަބުން ތާރީޚީ ހަގީގަތެއް ބަދަލެއް ނުވެއެވެ.
މި މައްސަލައިގައި އެންމެ ހައިރާންކުރުވަނިވި ކަމަކީ، އަސްލު އެއްބަސްވުމުގެ ތެރޭގައި އެއްވެސް މިންވަރަކަށް ބައިވެރިނުވާ ދިވެހިރާއްޖެއިން، މިއަދު އުފައްދާފައިވާ މި "ސާދާ ވާހަކަތައް" ގަބޫލުކުރަން ދިނިޔެއަށް މަޖުބޫރުވަމުން ދިއުމެވެ. އިނގިރޭސިން އޮނިގަނޑު ހެދިއެވެ. އިނގިރޭސިން ބިން ވަކިކުރިއެވެ. މޮރިޝަސްއިން އެ ހާލަތުގައި މިނިވަންކަން އިޚުތިޔާރުކުރިއެވެ. ނަމަވެސް، މި ހުރިހާ ކަމަކުން ބާކީކޮށްލި ދިވެހިރާއްޖެއަށް މިއަދު އެމީހުން ވިސްނައިދެނީ، ރާއްޖެ ބައިވެރިނުކޮށް ނިންމި ނިންމުންތަކުގެ މައްޗަށް ބިނާކޮށްފައިވާ ވާހަކަތައް ގަބޫލުކުރުމަށެވެ.
އެހެންކަމުން، މިއަދު އޮތް އަސްލު ސުވާލަކީ އިނގިރޭސިން ފޯޅަވަހި ވަކިކުރުމާއި ދެކޮޅަށް ނެރުނު ޤަރާރާ އެއްގޮތަށް އަމަލުކުރިތޯ ކުރާ ސުވާލެއް ނޫނެވެ. ޢަމަލު ނުކުރާކަން އެއީ އެންމެނަށްވެސް އެނގޭ ހަގީގަތެކެވެ. އޭގެ ބަދަލުގައި އޮތް އުނދަގޫ ސުވާލަކީ، 1965 ގައި އިނގިރޭސިން ފޯޅަވަހި ވަކިކުރުމުން، އދ. އިން އެކަން ކުށްވެރިކޮށްފައި ވަނިކޮށް، 1968 ގައި މޮރިޝަސްއިން ފޯޅަވައްސާ ނުލައި މިނިވަންވުމަށް ނިންމި ނިންމުމާއި، މިއަދު އެ ގައުމުން ދައްކާ ވާހަކަތަކާ ހުރި ތަފާތުތައް ދުނިޔެއަށް ހަނދާން ނައްތާލެވެންވީ ކީއްވެގެންތޯ ކުރާ ސުވާލެވެ. އޭރު ނިންމި ސިޔާސީ ނިންމުންތަކާއި މިއަދު ދައްކާ ސުލޫކީ ވާހަކަތަކާ ދެމެދު ބޮޑެތި ފަރަގުތަކެއް އެބަހުއްޓެވެ.